ނަޖިސް ތަކެތީގެ މާނައަކީ ކޮންމެ ހަޑި އެއްޗެކެވެ. ޝަރީޢަތުގައި ނަޖިހަކީ އެއެއްޗަކާ އެކު ނަމާދު ޞައްހަވުން މަނާ ކުރާ ކޮންމެ ހަޑިއެއްޗެކެވެ.
ނަޖިސް އެއީ ކޮންމެހެންވެސް އަޅުގަނޑުމެންގެ ހަށިގަނޑާ ފޭރާމުން ފިލުވާލަންޖެހޭ އެއްޗެކެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަޅުގަނޑުމެންނަށް ދެއްވާފައިވާ އިރުޝާދުގެ އަލީގައި ބުނެވޭނީ ނަޖިސް އެއީ އަޅުގަނޑުމެންގެ ހަށިގަނޑުންނާއި ފޭރާމުން ފިލުވާލުން ވާޖިބު އެއްޗެކެވެ. ޙަޤީގަތުގައި ﷲ ޞުބުޙާނަހޫ ވަތަޢާލާ ހުރިހާ އެއްޗެއްވެސް ހެއްދެވީ ޠާހިރު ތަކެތީގެ ގޮތުގައެވެ. އަދި އުފައްދަވާފައި އެއިން ޠާހިރުތަކެއްޗާއި ނަޖިސް ތަކެތި އަހަރުމެންނަށް އެންގެވިއެވެ. އެހެންކަމުން އަޅުގަނޑުމެންގެ ހަވާ ނަފްސާއި އެދުންވެރިކަމާއި ވިސްނުން ވަކިއެއްޗިއްސަކީ ނަޖިސް އެއްޗެއް ނޫނޭ ވަކިއެއްޗިއްސަކީ ނަޖިސް އެއްޗެކޭ ބުނެ ކަނޑައަޅާކަށް ނުޖެހޭނެއެވެ. ނަޖިހަކަށްވުން އެއީ ޝަރުޢީ ދަލީލަކުންސާބިތުވެފައި އޮންނަން ޖެހޭނެކަމެކެވެ. އަޅުގަނޑުމެންނަށް އެއްޗެއް ހުތުރުވުމުން،އޭގެވަސް ނުބައިވުމުން ނުވަތަ މަންޒަރު ކަމުނުދިއުމުން، އެއީ ނަޖިހެއްކަމަށް އަޅުގަނޑުމެންނަށް ކަނޑަނޭޅޭނެއެވެ.އަދި ހަމައެފަދައިން އޭގެކުލަ ރީތިވިޔަސް، ވަސް ކިތަންމެ ރަނގަޅުވިއަސް ނަޖިސް އެއްޗެއްވާނީ ނަޖިހަކަށެވެ.
"ނަޖިހުގެ މުރާދަކީ މުސްލިމާގެ މައްޗަށް އެއިން ޠާހިރުވުމަށް އަދި ގައިން ތަނެއްގައި ޖެހިއްޖެނަމަ އެތަންދޮވުން ވާޖިބުވެގެންވާ ހަޑި ކޮންމެ އެއްޗެކެވެ. މާތްﷲ ވަޙީ ކުރައްވާފައިވެއެވެ. (المدثر 4 ) މާނައީ "އަދި ކަލޭގެފާނުގެ ހެދުންކޮޅު ޠާހިރު ކުރައްވާ ހުށިކަމެވެ." ރަސޫލާ (ޞ) ޙަދީޘް ކުރައްވާފައިވެއެވެ. "الطهور شطر الايمان " (رواه مسلم ) މާނައީ: "ޠާހިރުކަމަކީ އީމާންކަމުގެ ދެބައިކުޅަ އެއްބައެވެ." (ކިތާބުއްޠަހާރާ)
ނަޖިސްތަކެއްޗަކީ :
ކުޑަގިފިލި، މާގިފިލި، ހޮޑު، ވަދްޔު، މަޛްޔު މަނި، ލޭ ދޮސް، ފާދިޔަ، ޢަލަޤާ، މުޅަތަކެތި، ރާ، ކުއްތާ، އޫރު،ކިރު މިއެވެ.
ކޮންމެ އެއްޗަކީވެސް އޭގެ ތަފާތު ދަރަޖައެއްވާނެ ތަކެއްޗެވެ. މިގޮތުން ތަފާތު ދަރަޖަ ތަކުގެ ނަޖިސްވެއެވެ. އަދި އެނަޖިސް ތަފާތު ތިން ދަރަޖައަކަށް ޢިލްމުވެރިން ބައްސަވައެވެ. އެއީ :
އީ ނަޖިސްކަން ގަދަ ނަޖިހެވެ.މިބައިގައި ހިމެނޭނީ ކުއްތާއާއި އޫރާއި އަދި މިދޭތީގެ ނުވަތަ މިދޭތިންކުރެ
އެކައްޗެއްގެ ދަރީގެ ނަޖިހެވެ. މިނަޖިސް ޖެހިފައިވާ ތަން ހަތްފަހަރު ދޮންނަންވާނެއެވެ. އަދި އެއިގެ ތެރެއިން އެއް ފަހަރު ވެލިލައިގެން ދޮވުން ޝަރުޠުވެއެވެ. ވެލިލުން ރަނގަޅީ ފުރަތަމަ ފަހަރާއި ފަހުފަހަރާއި ދެމެދުގެ ކޮންމެވެސް ފަހަރެއްގައެވެ.
"އަލްއިމާމް އަބޫޙަނީފާ ނަޖާސާ މުޣައްލިޡާ ސިފަކުރައްވަނީ ކީރިތި ޤުރުއާނުންނާއި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޙަދީޘުން އެއީ ނަޖިހެއްކަމުގައި ސާބިތުވާ ކޮންމެ ނަޖިހެކެވެ. އެނަޖިހަކުން ދުރުހެލި ވުމަށް އަހަރުމެންނަށް އުނދަގޫ ވެގެން ނުވާނެއެވެ. މާނައަކީ އަހަރުމެންގެ ދިރިއުޅުމާ އެއާ އެއްވެސް ގުޅުމެއް އޮވެގެން ނުވާނެއެވެ." (މަރްޙަބާ.ނެޓްގެ ފިޤުހު)
"ކުއްތާ އެއީ ނަޖިހެއްތޯ ނުވަތަ ނޫންތޯ މިކަމުގައި ޢިލްމުވެރިން 3 ބަޔަކަށް ބެހިވަޑައިގަންނަވައެވެ. ބައެއްބޭފުޅުން ވިދާޅުވަނީ މުޅި ކުއްތާ އެއީ ނަޖިހެކެވެ. އަނެއްބައި ބޭފުޅުން ވިދާޅުވަނީ މުޅި ކުއްތާ އެއީ ޠާހިރު އެއްޗެކެވެ. އަނެއްބައި ބޭފުޅުން ވިދާޅުވާގޮތުގައި ކުއްތާގެ ކުޅު ފިޔަވައި އެހެނިހެން ބައިތައް އެއީ ޠާހިރު އެއްޗެކެވެ." (މަރްޙަބާ.ނެޓްގެ ފިޤުހު)
"އަލްއިމާމް އައުޒާޙީ، އަލްއިމާމް އަބޫޙަނީފާ، އަލްއިމާމްއަޙްމަދު، އަދި އަލްއިމާމް ޝާފިޢީ ، މި
މިހުރިހާ ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި ކުއްތާ އެއީ ނަޖިހެކެވެ. މި ޢިލްމުވެރިން ވިދާޅުވާގޮތުގައި ވަކިކަމަކަށް ތަމްރީން ކުރެވިފައިވާ ކުއްތާއެކޭ އެހެން ކުއްތާއެކޭ އެއްވެސް ތަފާތެއް ނެތެވެ. އެއީ ނަޖިހެކެވެ. އިސްލާމީ ޝަރީޢަތުގައި ބައެއް ކުއްތާ ގެންގުޅުމަށްވަނީ ހުއްދަ ދެއްވާފައެވެ. އެއީ ދަނޑު ގޮވާން ކުރުމުގެ މަސައްކަތަށާއި ، ފާރަވެރިއެއްގެ ގޮތުންނާއި ޝިކާރަކުރުމަށް ފަދަ
ކަންތައްތަކުގައެވެ.ކޮންމެއަކަސް ގެންގުޅުން ޙަރާމް ކުއްތާއެކޭ ހުއްދަ ދެއްވާފައިވާ ކުއްތާއެކޭ މިކަމުގައި އެބޭފުޅުން އެއްވެސް ތަފާތެއްނުކުރައްވައެވެ. އެއީ ނަޖިހެކެވެ. ކުއްތާއަކީ ނަޖިސްކަމަށް ވިދާޅުވާ މިބޭފުޅުންގެ ދަލީލަކީ ކީރިތި ރަސޫލާ ޙަދީޘް ކުރައްވާފައިވާ ޙާދީޘެކެވެ. އޭގެ މާނާގައިވެއެވެ. ތިޔަބައިމީހުންގެ ތެރެއިން މީހެއްގެ ކަންވާރަކަށް ކުއްތާ ދޫލައިފިނަމަ އޭގައި ހުރި އެއްޗެއް ވަރާލާށެވެ. އަދި އެއީ ދިޔާ އެއްޗެއްނަމަ އޮއްސާލާށެވެ. އަދި އޭގެ ފަހުގައި 7 ފަހަރު ދޮންނާށެވެ. އޭގެތެރެއިން އެއްފަހަރު ވެލިލައިގެން ދޮންނާށެވެ.
މި ޢިލްމުވެރިން ވިދާޅުވަނީ އެކުއްތާގެ ސަބަބުން އެކާއެއްޗެހި ނަޖިސްނުވިނަމަ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެއުކާލެއްވުމަށް އަމުރުފުޅު ނުކުރައްވާނެއެވެ. އެހެންކަމުން މުޅި ކުއްތާ އެއީ ނަޖިހެކެވެ." (މަރްޙަބާ.ނެޓްގެ ފިޤުހު)
ނަޖިސްކަން ލުއިވެގެންވާ ނަޖިހުގެ ތެރޭގައި ހިމެނެނީ ކެއުމަށްޓަކައި ކިރުނޫން އެހެން އެއްޗެއް ބޭނުން ނުކުރާ ދެ އަހަރުނުވާ ކުޑަ ފިރިހެން ކުއްޖާގެ ކުޑަ ގިފިއްޔެވެ. މިޖެހިފައިވާ ތަނަށް ފެން ވިއްސާލުމުން ފުދޭނޭއެވެ.
"ޝާފިޢީ މަޒްހަބްގެ ޢިލްމްވެރިން ވިދާޅުވާ ގޮތުގައި މަންމަ ގާތުން ބޯ ކިރުނޫނަސް ކެއުމުގެ ގޮތުން އެހެން ކަހަލަ ކިރެއްވިޔަސް އަދި ކިރުން ނެގިފައިވާ އެއްޗެހި، މިސާލަކަށް ޗީޒްފަދަ ތަކެއްޗަށް ވެސް މަންމަގެ ކިރުމުގެ ޙުކުމް ދެމިއޮންނާނެއެވެ.
ޝާފިޢީ މަޒުޙަބްގެ ޢިލްމްވެރިން ދެކެވަޑައިގަންނަވާ " ކިރުނޫން އެހެން އެއްޗެއް ނުދެވޭ " މިބުނާބަހުގެ މާނައަކީ މިއީއެވެ." (މަރްޙަބާ.ނެޓްގެ ފިޤުހު)
ނަޖިސްކަން މެދުމިންވެގެންވާ ނަޖިހަކީ އިސްވެ ދެންނެވުނު ދެދަރަޖައިގެ ނަޖިސް ނޫން ދެންއެހެން ހުރިހާ ވައްތަރެއްގެ ނަޖިހެވެ. އޭގެ ތެރޭގައި :.....
ކުޑަގިފިލި
"ޢުމުރުން ދެއަހަރުނުވާ ކުޑަ ފިރިހެން ކުއްޖާ ނޫން އާދަމުގެ ދަރީންގެ ކުޑަ ގިފިލި ނަޖިސްކަން، އިޖްމާޢުން ޘާބިތުވެއެވެ. މަސްކެއުންޙަލާލު ނޫން ޙައިވާނުންގެ ކުޑަގިފިލި ނަޖިސް ކަމާމެދު ވަރަށް މަދު ދަންނަބޭކަލަކު މެނުވީ އެންމެހާ ޢިލްމުވެރިން އެއްބަސްވެވަޑައިގަންނަވައެވެ. އަދި މަސްކެއުން ޙަލާލު ތަކެތީގެ ކުޑަގިފިއްޔާ ބެހޭ ގޮތުން ބައެއް ދަންނަބޭކަލުން އެ ޠާހިރު ކަމުގައި، އަނެއްބައި ދަންނަބޭކަލުން އެނަޖިސް ކަމުގައި ވިދާޅުވެއެވެ." (ނޫރުލްއިސްލާމް.ކޮމް)
މާގިފިލި
"އާދަމުގެ ދަރިޔާގެ މާގިފިލި ފަދައިން އެހެނިހެން ސޫފިތަކުގެ މާގިފިލިވެސް ނަޖިހެވެ. ދޫނީގެ މާގިފިއްޔާ ބެހޭގޮތުން ދަންނަބޭކަލުންގެ މެދުގައި އިޚްތިލާފްވެއެވެ. ކޮތަރުގެސީ ޠާހިރުކަމުގައި ބައެއް ދަންނަބޭކަލުން ވިދާޅުވެއެވެ. އިމާމް އަބޫ ޙަނީފާ ވިދާޅުވަނީ ކުކުޅުގެ ސީ ފިޔަވައި އެހެން ހުރިހާ ދޫންޏެއްގެ ސީ ޠާހިރުކަމުގައެވެ." (ނޫރުލްއިސްލާމް.ކޮމް)
މަޛްޔު
"މިއީ ޝަހުވާނީ އެދުން ގަދަވާހިނދު ނުވަތަ ޝަހުވާނީ ޚިޔާލު ކުރެވޭ ހިނދު ކުރިމަތި ފަރާތުން ނިކުންނަ ވަދްޔަށްވުރެ އޮލަކަންކުޑަ ފެނެކެވެ. މިއީ ފިރިހެނުންގެ ކިބައިންވެސް އަދި އަންހެނުންގެ ކިބައިންވެސް އަންނަ
ފެނެކެވެ.އަންހެނުންގެ ކިބައިން އަންނަލެއް ގިނަވާނެއެވެ.މިއީވެސް ނަޖިހެއްކަމަށް ޢިލްމުވެރިން އިއްތިފާޤުވެ ވަޑައިގަންނަވައެވެ. ގައިން ތަނަކު ޖެހިއްޖެނަމަ ޖެހޭނީ އެތަން ދޮންނާށެވެ.އެކަމަކުހެދުމުގައި ޖެހިއްޖެނަމަ އެތަނަށް ފެންވިހުރުވައިލުމުން ފުދޭނެއެވެ. ސަބަބަކީ މިއީ ޒުވާނުންގެ ކިބައިން އައުން ގިނަ އެއްޗެއް ކަމުގައިވާތީ މިއިން ސަލާމަތްވުން އުނދަގޫ ނަޖިހެކެވެ.މާތްﷲ ރުއްސުންލެއްވި سهل بن حنيف ގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.އަހުރެން ދަންނަވައިފީމެވެ.އޭﷲގެ ރަސޫލާއެވެ! އަހުރެންގެ ހެދުމުގައި މަޛްޔު ޖެހިއްޖެނަމަ އަހުރެން ހަދާނީ ކިހިނެއްހެއްޔެވެ؟ އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. "يكفيك ان تاءخذ كفا من ماء فتنضح به ثوبك حيث ترى انه قد اصاب منه" (رواه ابو داؤد والتر مذى) މާނައީ:" ތިބާ ފެންއަތްގޮށްޓެއް ނަގައި ތިބާގެ ހެދުމުން މަޛްޔު ޖެހުނުކަމަށް ތިބާއަށް ފެނުނުތަނަށް އެފެން އަތްގޮށި ވިހުރުވައިލުމުން އެގޮތް ތިބާއަށް ފުދޭނެއެވެ". (ރާއްޖެއިސްލާމް.ކޮމް)
ވަދްޔު
"މިއީ ކުޑަކަމުދިއުމާ ވިދިގެން ނުވަތަ ބަރުއެއްޗެއް އުފުލުމުގެ ސަބަބުން ކުރިމަތި ފަރާތު ދޮރުން ނިކުންނަ ހުދުކުލައިގެ ފެނެކެވެ. މިއީ މަޛްޔަށް ވުރެ އޮލަފެނެކެވެ.
މީގެ ނަޖިސް ކަމާމެދު އެއްވެސް އިޚްތިލާފެއް އައިސްފައެއް ނުވެއެވެ. އެބަހީ މިއީ ނަޖިހެއް ކަމަށް ޢިލްމުވެރިން އިއްތިފާޤުވެ ވަޑައިގަންނަވެއެވެ. މާތްﷲ ރުއްސުންލެއްވި ޢާއިޝަތުގެފާނުގެ ކިބައިން ރިވާ ވެގެންވެއެވެ." ވަދުޔު ދަންނައެވެ. ފަހެ އެއީ ކުޑަކަމު ދިއުމަށް ފަހު،އަންނަ އެއްޗެކެވެ. އެއައުމުން އޭނާގެ ޒަކަރާއި އުރަވަޅި އޭނާ ދޮންނަހުށިކަމެވެ.އަދި އޭނާ ވުޟޫކުރާހުށިކަމެވެ. ހިނައިގަންނާނެ ކަމެއްނެތެވެ." (رواه ابن المنذر ). އަދި މާތްﷲ ރުއްސުންލެއްވި އިބްނު ޢައްބާސްގެ ކިބައިން ރިވާވެގެންވެއެވެ. " މަނި ބޭރުވެއްޖެނަމަ ޖެހޭނީ ހިނައިގަންނާށެވެ. ވަދުޔާއި މަޛްޔު ބޭރުވެއްޖެނަމަ ޖެހޭނީ ރީތިކޮށް ދޮވެ ސާފުކުރާށެވެ." (رواه الاثرم )" (ރާއްޖެއިސްލާމް.ކޮމް)
ލޭ
"މަހުގެ ލޭ ފިޔަވައި އެހެންހުރިހާ ލެއެއްމެ ނަޖިހެވެ. މަހުގެ ލޭ ބެލެވޭނީ ޠާހިރުކަމުގައެވެ. މަސްކެވޭ ތަކެތީގެ މަސްގަނޑުގައި ހުންނަ ލެޔާއި ކަށީގައި ހުންނަ ލޭ ބެލެވޭނީ ޢަފޫވެގެންވާ ކަމުގައެވެ.
މާތްﷲ ވަޙީ ކުރައްވާފައިވެއެވެ. • •• • • (الانعام 145) . މިއާޔަތުގެ ތަފްސީރުގައި ابن جريج -رحمه الله ވިދާޅުވިއެވެ." މިއާޔަތުގައި މިވާ ލޭގެ މުރާދަކީ އޮހޮރިއޮހޮރި ހުންނަ ގިނަ ލެޔެވެ. އަދި އޭގެ ނާރު ތަކުގައި ނުނިކުމެ ހުއްޓިހުންނަ މަދުލޭކޮޅަކު އެއްވެސް މައްސަލައެއްނެތެވެ. އަދި މާތްﷲ ރުއްސުންލެއްވި ޢާއިޝަތުގެފާނުގެ ކިބައިން ރިވާވެގެންވެއެވެ. އެކަމަނާ ވިދާޅުވިއެވެ. ތެލީތެރޭ މަސްފެންގަނޑުގައި ރޮނގުރޮނގަށް ލޭގެ އަސަރުހުންނަ ޙާލު އަހުރެމެން މަސްކައި ހަދަމުއެވެ. އަދި الحسن البصرى – رحمه الله – ވިދާޅުވިއެވެ.މުސްލިމުން އެމީހުންގެ ހަނގުރާމަތަކުގައި ޒަޚަމްތަކުން ލޭއަންނަ ޙާލު ނަމާދުކޮށް އުޅުނެވެ. (ذكره البخارى).
އަދި މާތްﷲ ރުއަސުންލެއްވި ޢުމަރުގެފާނުނަމާދަށް ހުންނަވަނިކޮށް ޒަޚަމްވެވަޑައިގެންނެވި ހިނދު އެޒަޚަމުން ލޭއައިސްފައިވާ ޙާލު ނަމާދު ކުރެއްވިއެވެ.(فتح البارى)" (ރާއްޖެއިސްލާމް.ކޮމް)
ދޮހާއި ފާދިޔާ
"ލެއެކޭ އެއްގޮތަށް ދޮސްވެސް ނަޖިހެވެ. މިހެނީ ދޮސް އުފެދެނީ ލޭ ކުނިވެގެންނެވެ. ފާރުގަނޑަކުން ފައިބާ ފެނުގައި ނުބައިވަސް ދުވާނަމަ، އެނަޖިހެވެ. އެއީ ފާދިޔައެވެ. އެފެނުގައި ނުބައިވަސް ނުދުވާނަމަ ހަށިގަނޑުން ހިއްލޭ ދަލެކޭ އެއްގޮތަށް ޠާހިރެވެ." (ނޫރުލްއިސްލާމް.ކޮމް)
ޢަލަޤާ
"މިއީ އަންހެނާގެ ރަޙިމުގެ ތެރޭގައި މަނި، ގަނޑުލެއަށްވީމާ ކިޔާ ނަމެކެވެ. އެގަނޑު ލޭކޮޅު މަސްކޮޅަކަށް ބަދަލު ވުމުން ކިޔާނީ މުޟްޣާއެވެ. ޢަލަޤާ ޠާހިރު ކަމުގައި ބައެއް ޢިލްމުވެރިން ވިދާޅުވިނަމަވެސް ގިނަ ބޭކަލުން ވިދާޅުވަނީ ޢަލަޤާ ނަޖިސް ކަމުގައެވެ. މުޟުޣާ ޠާހިރެވެ." (ނޫރުލްއިސްލާމް.ކޮމް)
މުޅަތަކެތި
މުޅަތަކެތީގެ ކެހެރިއާއި ދަޅާއި ނިޔަފައްޗާއި ކަށްޓަކީ ނަޖިސް އެއްޗިއްސެވެ. މާތް ﷲ ވަޙި ކުރައްވަނީ " حرمت عليكم الميتة " މާނައީ: ތިޔަބައިމީހުންގެ މައްޗަށް މުޅަތަކެތި ޙަޜާމް ކުރެއްވިގެންވެއެވެ. މުޅަތަކެއްޗަކީ ޝަރުޢީ ގޮތުން ކަތިލުމެއް ކަމަށް ނުބެލެވޭ ފަދަ ގޮތަކަށް އޭގެ ފުރާނަ ދުއްވާލާފައިވާ ކޮންމެއެއްޗެކެވެ. ވީމާ މަސްކެއުން ޙަލާލްނޫން އެއްޗެއް ކަތިލިކަމުގައި ވިޔަސް އެއީ މުޅައެއްޗެކެވެ. ހަމަ އެފަދައިން މަސްކެއުން ހުއްދަނޫންއެއްޗެއް ޝަރްޢީ ގޮތުން ހުއްދަނޫން ގޮތަކަށް ނުވަތަ ކަތިލުން ހުއްދަނޫން މީހަކު ކަތިލައިފިނަމަ އެއީ މުޅައެއްޗެކެވެ. ދިރިއޮތް އެއްޗަކުން ވަކިކޮށްލެވޭ ބައިބައިގެ ޙުކުމަކީ އޭގެ މުޅަތަކެތީގެ ޙުކުމެވެ.
މާތްﷲ ރުއްސުންލެއްވި ابو واقد الليثى ގެ ކިބައިން ރިވާ ވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. رسول صلى الله عليه وسلم حديث ފުޅު ކުރެއްވިއެވެ. " ما قطع من البهيمة وهى حية فهو ميتة " (رواه ابو داود) މާނައީ:" ޖަނަވާރަކުން އޭތި ދިރިއޮތް ޙާލު ކަނޑައިލެވޭ ކޮންމެ މަސްކޮޅަކީ ފަހެ،މަރުވެފައިވާ އެއްޗެކެވެ."
އާދަމުގެ ދަރިޔާއާއި ގޮތްފުޅަނގިއާއި ކަނޑުމަސް ފިޔަވައި އެހެން ހުރިހާ މުޅަތަކެތި ނަޖިހެވެ. މުޅަތަކެތީގެ ބަނޑުގައިވާ ބިސް ތޮށިލައި ހަރުވެފައިވާނަމަ ޠާހިރެވެ.
މިއިން އިސްތިސްނާ ވެގެންވަނީ އާދަމުގެ ދަރީޔާގެ އިސްތައްޓާއި މަސްކެއުން ޙަލާލު އެއްޗެހީގެ ކެހެރިއެވެ. މިތަކެތި ނަޖިސްކަމަށް ދަލީލު ކުރާނެ އެއްވެސް ދަލީލެއް އައިސްފައެއް ނެތެވެ.
ރާ
"މަސްތުވާ ކޮންމެ އެއްޗަކީ ރަލެވެ. މިގޮތުން މަސްތުވާ ކޮންމެ އެއްޗަކީ ނަޖިހެކެވެ. ޖުމްހޫރީ ޢިލްމުވެރިންގެ އަރިހުގައި މިއީ ނަޖިހެކެވެ. އެއީ މާތްﷲގެ މިވަޙީ ބަސްފުޅުގެ ސަބަބުންނެވެ. (الما يده 90 )
މާނައީ:" ބަނގުރަލާއި ޖުއާއާއި ބުދުތަކާއި ނަސީބުހުރި ނެތްގޮތްބަލާ ތީރުތަކާއި މިހުރިހާ ތަކެއްޗަކީ ނަޖިސް ތަކެއްޗެވެ. ޝައިޠާނާގެ ޢަމަލުގެ ތެރެއިންވާ ތަކެއްޗެވެ." " (ރާއްޖެއިސްލާމް.ކޮމް)
ކިރު
އާދަމުގެ ދަރިޔާ ނޫން، މަސްކެއުން ޙަލާލް ނޫން އެހެން ތަކެތީގެ ކިރު ނަޖިހެވެ.
ހޮޑު
"ހޮޑަކީ އޭގެ ނަޖިސްކަމާމެދު ޢިލްމްވެރިން ޚިލާފްވެ ވަޑައިގަންނަވާ ނަޖިހެކެވެ. ހޮޑަކީ ނަޖިސްއެއްޗެއްކަމަށް ދެކިލައްވަނީ ޙަނަފީ މަޛްހަބާއި މާލިކީ މަޛްހަބެވެ. މި ޢިލްމްވެރިން ދެކިލައްވާ ގޮތުގައި މައިދާގައި ހުރި އެއްޗެއް އަލުން އަގަޔަށް އައިސް އެ އަގައިގެ ތެރޭގައި ބަންދުނުވާވަރަށް ހޮޑުއައުމުން އެނަޖިސް ވާނެއެވެ. އަދި އެހޮޑަށް އަންނައިރު އެކާއެއްޗެހި ހުންނާނީ ތަޢައްޔަރު ވެފައެވެ. އެހެންކަމުން އެ ނަޖިހެވެ. އެހެން ނަމަވެސް ޙަނަފީ މަޛްހަބްގެ ޢިލްމުވެރީން ވިދާޅުވާގޮތުގައި ކުޑަކުޑަ ތުއްތުކުއްޖަކު ގާތުން ކިރުބޮއެފައި މަޑުނުވެ ލާހޮޑު ނަޖިހެއްނުވާނެއެވެ.
ޝާފިޢި މަޛްޙަބްގެ ޢިލްމުވެރީން ދެކިލައްވާގޮތުގައި ހޮޑަކީ ނަޖިހެއް ނޫނެވެ. އެއީ ކާތަކެތި މައިދާގެ ތެރޭގައި ހުރެފައި އެނބުރި އަޔަސް އެއީ ނަޖިހެއް ނޫންކަމަށް މިމަޛްޙަބުގެ ޢިލްމުވެރިން ދެކިލައްވައެވެ. ސަބަބަކީ އެނިކުންނަ ތަނަކީ ނަޖިސް ނިކުންނަ ދޮރަކަށް ނުވާހިނދަކު އެ ނަޖިހެއް ނުވާނެއެވެ. އަލްއިމާމް އައްޝައުކާނީ ރަހިމަހުﷲ ( ކުރީގެ ޢިލްމުވެރިއެއް) ބުރަވެވަޑައިގަންނަވާ ގޮތުގައި ހޮޑަކީ ނަޖިހެއް ނޫނެވެ. ކޮންމެއަކަސް މިޒަމާނުގެ ޢިލްމުވެރިންވެސް އަދި ކުރީގެ ޢިލްމުވެރިންވެސް ދެކެވަޑައިގަންނަވާ ގޮތުގައި ހޮޑަކީ ނަޖިހެއް ނޫނެވެ." (މަރްޙަބާ.ނެޓް)
މަނި
އިންސާނާގެ ހަށިގަނޑާ ގުޅިފައިވާ ދެވަނަ އެއްޗަކީ މަންޏެވެ. މަނި މިއީ އިންސާނާ އެއިން އުފެދިފައިވާ އަޞްލެވެ. ޙަނަފީ އަދި މާލިކީ މަޛްޙަބުގެ ޢިލްމުވެރިން ދެކެވަޑައިގަންނަވާ ގޮތުގައި މަނި އެއީ ނަޖިސް އެއްޗެކެވެ. މި ޢިލްމުވެރިން ވިދާޅުވަނީ އެއި ހަޑިއެއްޗެކެވެ. އެއީ އިންސާނީ ޠަބީޢަތް އެދުށުމަށް އެދޭ އެއްޗެއް ނޫނެވެ. އެއީ އެ ހުރެއްޖެނަމަ އެއިން ނުބައި ވަސްދުވާ އެއްޗެކެވެ. އަދި އޭގެ އަޞްލަކީ ލެޔެވެ. މި މަޛްޙަބުގެ ޢިލްމުވެރިންގެ ދަލީލަކީ ޢައިޝަތުގެފާނު ރިވާ ކުރައްވާފައިވާ ޙަދީޘެކެވެ. އެކަމަނާ ވިދާޅުވެފައިވެއެވެ. " ތިމަންކަމަނާ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސަލަމްގެ ފޭރާން ކޮޅުގައި މަނި ހުރެއްޖިއްޔާ އެހިކިފައިވާނަމަ އެކަހާ ލައްވަމެވެ. އަދި ތެތްކޮށްހުރެއްޖެނަމަ ދޮވެލައްވަމެވެ.
ޝާފިޢީ މަޛްޙަބުގެ ޢިލްމުވެރިންގެ އަރިހުގައި ނަޖިހެއްނޫނެވެ. އެހިކިފައިވާނަމަ ކަހާލުން އަދި ތެތްކޮށް ހުރެއްޖެނަމަ ދޮވެލުން އެއީ މުސްތަޙައްބު ކަމެކެވެ. މި ބޭފުޅުންވެސް ދަލީލު ނަންގަވަނީ ޢައިޝަތުގެފާނު ރިވާކުރައްވާފައިވާ މި ޞައްޙަ ޙަދީޘުންނެވެ.
ޙައިވާނުންގެ މަންޏާމެދު ތިން ގޮތެއް ވެއެވެ. އެއްގޮތަކީ ކުއްތާއާއި އޫރާއި އަދި ދޭތީގެ ނުވަތަ ދޭތިންކުރެ އެކަތިން އުފެދުނު ދަރީގެ މަނި ނޫން އެހެން ހުރިހާ ޙައިވާނެއްގެ މަނި ޠާހިރު ކަމުގައި ބެލުމެވެ. ދެވަނަ ގޮތަކީ ހުރިހާ ޙައިވާނެއްގެ މަނި ނަޖިސްކަމުގައި ބެލުމެވެ. ތިންވަނަ ގޮތަކީ، މަސްކެވޭ ތަކެތީގެ މަނި އެއިގެ ކިރެކޭ އެއްގޮތަށް ޠާހިރުކަމުގައި ބެލުމެވެ. މަސް ނުކެވޭ ތަކެތީގެ މަނި ނަޖިސްކަމުގައި ބެލުމެވެ. (މަރްޙަބާ.ކޮމް)
"މިދޭއްޗަކީވެސް ނަޖިސް ދޭއްޗެވެ. މާތްﷲ ރުއްސުންލެއްވި އިބުނު މަސްޢޫދުގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އެއްދުވަހަކު ރަސޫލާ(ޞ) ޤަޟާޙާޖަތް ކުރައްވަންވެގެން ވަޑައިގަތެވެ. އަދި ތިންހިލަކޮޅު ގެނައުމަށް އަހުރެންނަށް އަމުރު ކުރެއްވިއެވެ. ( އެއީ އެކަލޭގެފާނު އެއިން އިސްތިންޖާ ކުރެއްވުމަށެވެ.) ދެން ފަހެ، އަހުރެންނަށް ފެނުނީ ދެހިލަކޮޅެވެ. އަދި ތިންވަނަ ހިލަކޮޅެއް ފެނޭތޯ މަސައްކަތް ކުރީމެވެ. އެކަމަކު ނުފެނުނެވެ. ދެން ތިންވަނަ އެތިކޮޅެއްގެ ގޮތުގައި ޖަނަވާރެއްގެ ހިކިފައިވާ ބޮޑުކަމު ނަޖިސްކޮޅެއް ނަގައިފީމެވެ. އަދި އެ ތިނެތިކޮޅު އެކަލޭގެފާނުގެ އަތްޕުޅަށް ގެންގޮސް ދީފީމެވެ. ފަހެ އެކަލޭގެފާނު އެދެހިލަކޮޅު ނަންގަވާ ޖަނަވާރު ނަޖިސްކޮޅު އެއްލައިލެއްވިއެވެ. އަދި ޙަދީޘްފުޅު ކުރެއްވިއެވެ. " އެއީ ނަޖިހެކެވެ." (رواه البخاري )
ދެނަ މަސްކެއުން ހުއްދަ ޖަނަވާރުތަކުގެ ކުޑަކަމުދާ އެއްޗެއްސާއި ބޮޑުކަމުދާ އެއްޗެހީގެ ވާހަކަ ދަންނައެވެ. މިދޭތި ނަޖިސްވުމާމެދު ޢިލްމުވެރިންގެ މެދުގައިވަނީ އިޚްތިލާފް އުފެދިފައެވެ. ރާޖިޙް ވެގެންވަނީ މިއީ ނަޖިހެއް ނޫންކަމުގައެވެ. އެބަހީ، މިއީ ޠާހިރު އެއްޗެކެވެ. ابن تيمية – رحمه الله –ވިދާޅުވިއެވެ. " އަޞްޙާބުބޭކަލުންގެ ތެރެއިން އެއްބޭކަލަކުވެސް މިއީ ނަޖިހެއްކަމުގައި ވިދާޅުވެފައެއްނުވެއެވެ." މާތްﷲ ރުއްސުންލެއްވި އަނަސުގެފާނުގެ ކިބައިން ރިވާ ވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. " ޢުކުލުޤަބީލާގެ ނުވަތަ ޢުރައިނާޤަބީލާގެ ބަޔަކު މަދީނާއަށް އައެވެ. ފަހެ، މަދީނާގެޖައްވު އެބައިމީހުންނާ ނުގުޅުމުގެ ސަބަބުން އެބައިމީހުން ބަލިވެއްޖެއެވެ. ދެން ޒަކާތުގެ ޖަމަލުތަކުގެ ގާތަށްގޮސް އޭގެ ކިރާއި އޭގެ ކުޑަކަމުދާ އެއްޗެހި ބުއިމަށް އެބައިމީހުންނަށް ރަސޫލާ(ޞ) އަމުރު ކުރެއްވިއެވެ." މިޙަދީޘްފުޅުން ދަލީލު ކުރަނީ ޖަމަލުގެ ކުޑަކަމުދާ އެއްޗިއްސަކީ ނަޖިހެއް ނޫންކަމެވެ. ދެން މަސްކެވޭ އެހެނިހެން ޖަނަވާރުތަކުގެ ކުޑަކަމުދާ އެއްޗެހި ނަޖިސް ނޫން ކަމުގައިވަނީ ޖަމަލުގެ ކުޑަކަމުދާ އެއްޗިއްސަށް ޤިޔާސްކޮށްފައެވެ." (ރާއްޖެއިސްލާމް.ކޮމް)
"ޖައްލާލާއަކީ އިންސާނުންގެ ނަޖިހާއި މަސްކެއުން ހުއްދަނޫން ޖަނަވާރުތަކުގެ ނަޖިސް ކައިއުޅޭ މަސްކެއުންހުއްދަ ކޮންމެ ޖަނަވާރެކެވެ. އެއީ ޖަމަލު ކަމުގައި ވިޔަސް ގެރިކަމުގައި ވިޔަސް ބަކަރި ކަމުގައި ވިޔަސް ކުކުޅުކަމުގައި ވިޔަސް މެއެވެ. މިވައްތަރު ޖަނަވާރުގެ މަހާއި ކިރު ޠާހިރުވާނީ ނަޖިސްނޫން ތަކެތި ކާންދިނުމުންނެވެ. ބައެއް ޢިލްމުވެރިންގެ އަރިހުން ރިވާވެގެންވެއެވެ. ޖަމަލައި ގެރި ސާޅީސްދުވަސްވަންދެން ބަނދެފައި ބާއްވައިގެން ނަޖިސްނޫންތަކެތި ކާންދޭށެވެ. އަދި ބަކަރި ހަތް ދުވަސް ވަންދެން އަދި ކުކުޅު ތިން ދުވަސް ވަންދެން ބަނދެފައި ބާއްވައިގެން ނަޖިސްނޫން ތަކެތި ކާންދޭށެވެ. އޭރުން އޭގެ މަހާއި ކިރު ޙަލާލުވާނެއެވެ." (ރާއްޖެއިސްލާމް.ކޮމް)
މެދުމިންވެގެންވާ ނަޖިސް ދެބަޔަކަށް ބެހިގެންވެއެވެ. އެއީ
މިއީ ނަޖިހުގެ ކުލައާއި ވަހާއި ރަހަ އެނގެން ހުންނަ ނަޖިހެވެ. މިނަޖިސް ޖެހިފައިވާ ތަން ޠާހިރުވާނީ އެއިގެ ޢައިން (ކުލައާއި ވަހާއި ރަހަ) ފިލުވައިލުމުންނެވެ. ޢައިން ފިލަންދެން އެ ދޮންނަން ވާނެއެވެ. ޢައިން ފިލުވުން ޢުޛުރުވެރި ވެއްޖެނަމަ،ޢަފޫ ވާނެއެވެ. ނަޖިހުގެ ޢައިން ފިލުވުން ޢުޛުރުވެރި ވެއްޖެކަމަށް ބެލެވޭނީ ނަޖިސް ޖެހިފައިވާ ތަން ކަނޑާލައިގެންނޫނީ އަސަރުފިލައި ނުދާ ވަރަށް ނަޖިސްޖެހިފައި ހުރެއްޖެނަމައެވެ. މިސާލަކަށް ލޭ ޖެހިފައިވާ ފޮތިގަނޑެއްގެ ލޭ ކުލަ އެތަންކޮޅު ކަފާލައިގެން ނޫނީ ފިލައިގެންނުދާ ވަރަށް ދޮވެ ހެދުމަށްފަހު،ބެލެވޭނީ އެ ޠާހިރުކަމުގައެވެ.
މިއީ ނަޖިހުގެ ޣައިން (ކުލާއި ވަހާއި ރަހަ) އެނގެން ނެތް ނަޖިހެވެ. މިސާލަކަށް ކުޑަގިފިލި ޖެހި ނަޖިސްވެފައިވާ އެއްޗަކުން އެނަޖިހުގެ ކުލައާއި ވަހާއި ރަހަ އެނގެން ނެތް ނަމަ އެވާނީ މަޢުނަވީ ނަޖިހަކަށެވެ. މަޢުނަވީ ނަޖިސް ޖެހިފައިވާ ތަނަށް އޮހިގެންދާ ގޮތަށް ފެން އަޅާލުމުން ޠާހިރުވާނެއެވެ. މޮޅު އިތުރީ ތިން ފަހަރު ދޮވުމެވެ.
މުޝްރިކުންނާއި މުޝްރިކުން އަޅުކަންކުރަން ގެންގުޅޭ ތަކެއްޗަކީ މަޢުނަވީ ނަޖިސް ތަކެއްޗެވެ. މާތް ﷲ ޞުބުޙާނާޙޫ ވަތަޢާލާ ވަޙިކުރައްވާފައި ވެއެވެ. " انما المشركين نجس " މަނާ " މުޝްރިކުންނަކީ ނަޖިހެކެވެ. " ކީރިތި ރަސޫލާ ޞައްލަﷲ ޢަލަހި ވަސައްލަމަ ޘަޤިފް ވަންހައިގެ ވަޤްފް އައުމުން އެމީހުން ބޭލުއްވީ އެކަލޭގެ ފާނުންގެ މިސްކިތަށެވެ. އެބަހީ މަސްޖިދުއް ނަބަވީއަށެވެ. މިކަމުން މި އެގުނީ މުޝްރިކުންނަކީ ނަޖިހެއް ނޫންކަމެވެ. ޠާހިރު ބައެއްކަމެވެ. މި އާޔަތުގައި އަންނަ މި ނަޖާސާގެ މާނައަކީ އެއީ މާނަވީ ނަޖާސާއެކެވެ. އެއީ އެއްގޮތަކަށްވެސް ޙިއްޞީ ނަޖިހެއް ނޫނެވެ. އެމީހުންގެ ޝިރުކުގެ ސަބަބުންނާއި ކުފުރުގެ ސަބަބުން އެމީހުންނަށް އަންނަ ނަޖިހެކެކެވެ. އެހެން ކަމުން އާދަމުގެ ދަރިންނަކީ ޠާހިރު އެއްޗެކެވެ.
" ރަލަކީވެސް މަޢުނަވީ ނަޖިހެކެވެ. ރާ ޙަރާމް ކުރެއްވިގެން ވިޔަސް އެއީ ނަޖިހެއް ނޫންކަމުގެ ދަލީލަކީ ރާ ޙަރާމް ކުރެއްވުމާ ގުޅިގެން އަޞްޙާބު ބޭކަލުންގެ އަތްޕުޅުގައި ރައްކާކުރެވިފައިވާ ގިނަ ޢަދަދެއްގެ ރާ، އެބޭފުޅުން މަގުމައްޗަށް އޮއްސާލެއްވިއެވެ. އެއީ ޙިއްޞީ ނަޖިހެއްނަމަ އަޞްޙާބުބޭކަލުން އެރާ މަގުމައްޗަކަށް ނުއޮއްސާނެއެވެ.
"ރާގެތެރެއަށް މީހަކު އެއްޗެއް އެޅުމަކާ ނުލައި ، އަމިއްލައަށް ހުރެ ހުތަށް ވުމުން ޠާހިރު ވާނެއެވެ.
މަރުވެފައިވާ މުޅަތަކެތީގެ ހަން ދިބާޢު ކުރުމަށް ފަހު ، އެހެން ބޭނުމެއް ކުރެވިދާނެއެވެ. މުޅަތަކެއްޗަކީ މަސްކެއުން ޙަރާމް ޖަނަވާރެއްކަމަށް ވެފައި އަދި އިސްލާމީ ޝަރީޢަތާ އެއްގޮތަށް ޛަބަޙަ ކުރެވިފައިވާ ގޮތަށް މަރުވެފައިވާ ތަކެތި ކަމަށް ވިޔަސް ، އަދި އެގޮތަށް ޒަބަޙަކޮށްފައި ނުވާ ތަކެތިކަމަށް ވިޔަސް އޭގެ ހަން ދިބާޢުކޮށްގެން ޠާހިރު ވާނެއެވެ. ނަމަވެސް ކުއްތާއާއި އޫރުގެ ހަން ދިބާޢު ކުރިކަމަށް ވިޔަސް ޠާހިރު ނުވާހުއްޓެވެ.
ނަޖިހެއްގެ ތެރެއިން ދިރޭއެއްޗެއް އުފެއްދިއްޖެނަމަ އެއުފެދުނު އެއްޗެއް ޠާހިރު ވާނެއެވެ. " (ތަޢުލީމުއްދިޔާނާ 3)
- ކޮންމެ ނަޖިހަކީ ޙަރާމް އެއްޗެކެވެ. ނަމަވެސް ކޮންމެ ޙަރާމްއެއްޗަކީ ނަޖިހެއް ނޫނެވެ. މިސާލަކަށް ފިރިހެނުންނަށް ރަނަކީ ޙަރާމް އެއްޗެކެވެ. ނަމަވެސް ރަނަކީ އޭގެ ޒާތުގައި ނަޖިހެއްނޫނެވެ. ފަށުވި ފޭރާމަކީ ފިރިހެނުންނަށް ޙަރާމް އެއްޗެކެވެ. ނަމަވެސް ފަށުވި ފޭރާމަކީ ނަޖިހެއް ނޫނެވެ. ކޮންމެ ފިރިހެނެއްގެ މައްޗަށް އެމީހާގެ މަންމަ، އަންހެން ދަރިފުޅު ، އަދި އުޚުތުންނާއި ކައިވެނި ކުރުން ޙަރާމެވެ. އެކަމަކު އެ ޙަރާމްވަނީ އެއްގޮތަށް ވެސް ނަޖިހެއްގެ ސަބަބަކުންނެއް ނޫނެވެ. ކުޑަކަމުދާ އެއްޗެހި ބޮޑުކަމުދާއެއްޗެހި، ލޭ، ދޮސް މި ތަކެއްޗަކީ މިއީ ނަޖިސްވެފައި އަދި ހަމަ ޙަރާމްވެސް ތަކެއްޗެވެ. ހަމައެކަނި ފަރުވާއެއްގެ ގޮތުން މަސްކެވޭ ޖަނަޥާރުގެ ކުޑަކަމުދާ އެއްޗެހި ބޭނުން ކުރެވިދާނެއެވެ. މީގެ ދަލީލަކީ، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސއްލަމް ގެ ޒަމާނުގައި ބަޔަކަށް ޖެހުނު ފާޑެއްގެ ބައްޔެއްގެ ޝިފާޢެއްގެ ގޮތުން ޖަމަލުގެ ކިރާ އޭގެ ކުޑަގިފިލި ބޭނުން ކުރެވުނު ކަމަށްވެއެވެ.
- ކަނޑުގައި ލައްވާފައިވާ މަހާއި ގޮތްފުޅަނގި ޒިބްޚަ ކުރުމަކާއި ނުލައި މަރާލައިގެން ކެއުން ހުއްދަވާނެއެވެ. ލެއިގެ ތެރެއިން މަސްކެއުން ޙަލާލް ޖަނަވާރުގެ މޭގަނޑާއި ލަގޮނޑި ޙަލާލުވާނެއެވެ. މީގެ ދަލީލަކީ އިބްނު ޢުމަރުގެ ކިބައިން ރިވާ ވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިޙި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ. "احل لنا ميتتان ودمان:اما الميتتان فالحوت والجراد واما الدمان فالكبد والطحال" (رواه احمد وابن ماجه) މާނައީ :" މަރުވެފައިވާ ދެއެއްޗަކާއި ދެލެއެއް އަހަރުމެންނަށް ޙަލާލު ކުރެވުނެވެ. މަރުވެފައިވާ ދޭތި ދަންނައެވެ. އެއީ ކަނޑުގައި އުޅޭ މަހާއި ގޮތްޕުޅަނގިއެވެ.އަދި ދެލޭ ދަންނައެވެ.އެއީ މެއާއި ހުންކޮށްޓެވެ. އަދި ލޭ ނުހުންނަ ތަކެތިވެސް (މިސާލަކަށް ހިނި، މާމުއި ކުޅަނދުރު، ކަނޑާފަދަތަކެތި) މިބާވަތުން އިސްތިޘްނާ ވެގެންވެއެވެ. އެބަހީ މިބާވަތުގެ އެއްޗެއް ކާއެއްޗެއްގެ ތެރެއަށް ވެއްޓުނަސް އެ ނަޖިހެއް ނުވާނެއެވެ. އިމާމް ޝާފިޢީ ވިދާޅުވާ ގޮތުގައި މިބާވަތުގެ ތަކެއްޗަކީވެސް ނަޖިހެވެ. އެކަމަކު ގިނަ ޢިލްމުވެރިން ވިދާޅުވަނީ އެއީނަޖިހެއް ނޫންކަމަށެވެ.
-ގަނޑުކޮށް ހުރި އެއްޗަކަށް ނަޖިހެއް ވެއްޓުމުން ނުވަތަ އެޅުމުން އެއްޗެއް ޖެހުނުތަން ނަގާފައި އެއްލާލާނީއެވެ. މިކަމުގެ ދަލީލަކީ ގިތެޔޮ އެއްޗެއްގެ ތެރެއަށް މީދަލެއް އެރިގެން އެއާ ބެހޭގޮތުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސަލަމް އާ ސުވާލުކުރެއްވުމުން ޙަދީޘް ކުރައްވަނީ ހަމައެކަނި ޖެހުނު ތަނުން ނަގާފަ އެއްލާލުމަށެވެ. އެއީ ދިޔާއެއްޗެއް ނަމަ އެއްކޮށް ނަޖިހެވެ.
- ބިއްލޫރި ނުވަތަ އޮމާން އެއްޗެއްގައި ނަޖިހެއް ޖެހުމުން އެނަޖިސް ޠާހިރުކުރުމުގައި ޢިލްމުވެރުންގެ މެދުގައި އިޙްތިލާފް އުފެދިފައިވެއެވެ. ޙަނަފީ މަޛްޙަބުގެ ޢިލްމުވެރިން ވިދާޅުވާގޮތުގައި އެނަޖިސް ފޮތިގަނޑެއްފަދަ އެއްޗަކުން ފޮހެލުމުން ސާފުވާނެއެވެ. މި ބޭކަލުންގެ ދަލީލަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިޙި ވަސައްލަމް ގެ ޒަމާނުގައި ހަގުރާމައިގެ ތެރޭގައި ކާފަރުން މަރުވެ އެމީހުންގެ ލޭ ހޭކިފައިވާ ކަނޑިކޮޅު ސާފުނުކުރައްވައި އުރައިގެ ތެރެއަށް ލައްވައިގެން އަޞްޙާބުބެއިކަލުން ނަމާދުކުރއްވާފާއިވާ ކަމަށެވެ.
- ޙަންބަލީ މަޛްޙަބު އަދި ޝާފިޢީ މަޛްޙަބުގެ ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ބިއްލޫރި ނުވަތަ އޮމާންއެއްޗެއްގައި ޖެހިފައިވަ ނަޖިސް ފޮހެލުމުން ސާފުވާނެއެވެ. އަދި އެދޮވުން ލާޒިމެއް ނޫނެވެ.
- ކަސްތޫރިއަކީ ފުއްލާއެއްގެ ލެއެވެ. އެހެނަސް، އެ ޠާހިރެވެ.
- ނަޖިހެއް އަނދައިގެން އަރާ ދުން ނަޖިސް ވާނެއެވެ. އެކަމަކު މި ދުމުގެ މަދު މިންވަރު ޢަފޫ
ވާނެއެވެ. ތެތް އެއްޗެއްގައި މިދުން ޖެހިއްޖެނަމަ ދޮންނަން ޖެހޭނެއެވެ. އަދި ހިކި އެއްޗެއްގައިވެސް މިދުމުގެ އަސަރު ހިފައިފިއްޔާ ޖެހޭނީ ދޮންނާށެވެ.
- ކުއްތާއާއި އޫރާއި އެދޭތީގެ ނުވަތަ އެދޭތިންކުރެ އެކައްޗެއްގެ ދަރި ފިޔަވައި ބަޣްލާއާއި ޙިމާރު
އަދި މިނިކާ ޖަނަވާރު ފެން ބޮއިފައި ހުންނަފެން ޠާހިރެވެ.
1- އެއީ ފޭރާމުގައި ނުވަތަ ހަށިގަނޑުގައި ޖެހިފައި ހުންނަ މަދު ލެޔާއި ދޮސް.
2- ދިޔާ އެއްޗެއްގެ ތެރެއަށް މީހަކު ކުރިކަމަކާ ނުލައި ވެއްޓި މަރުވާ މެހި ކުރަފި ހޯނުފަދަ އޮހެރޭލޭ ނުހުންނަ ކުދިކުދި ސޫފިތައް.
3- ނަޖިސް ތަކެތީގެ ތެރެއިން އާދައިގެ މީހުންގެ ލޮލަށް ނުފެންނަ ވަރުގެ މަދު އެތިކޮޅު.
4- ނަޖިހާއި އެކުވެފައި ހުންނަ ކިސަޑާއި ފެނުގެ ތެރެއިން ހިގާއުޅުމަށް ރައްކާތެރި ވެގަތުން އުދަގޫ ތަކެތި .
5- ބަޅު އޫރުނޫން އެހެން ޖަނަވާރުގެ ނަޖިސް ކެހެރީގެ ތެރެއިން މަދުއެތިއތި ކޮޅު.
6- ކުޑަ ކުއްޖާ ގެންގުޅޭއިރު (މައިމީހާގެ) ގައިގައި ޖެހޭ އެކުއްޖާގެ ކުޑަ ގިފިލީގެ މަދުމިންވަރު.
ނަޖިސްކަން ގަދަވެގެންވާ ނަޖިހަކުން ނަޖިސް ވެފައިޥާ އެއްޗެއް ޠާހިރުވާނީ އެ ނަޖިހުގެ ޢައިނު ފިލުވައިލުމަށް ފަހު، ހަތްފަހަރު ދޮވުމުންނެވެ. އެއިގެ ތެރެއިން އެއްފަހަރު ދޮންނާނީ ވެލިލައިގެންނެވެ.
ނަޖިސްކަން ލުއިވެގެންވާ ނަޖިހަކުން، ނަޖިސްވެފައިވާ އެއްޗެއް ޠާހިރުވާނީ އޭގެ ޢައިނު ފިލުވައިލުމަށް ފަހު، ނަޖިސް ޖެހުނު ހިސާބު ތެމޭވަރަށް ފެނަ ވިއްސައިލުމުންނެވެ.
ނަޖިސްކަން މެދުމިންވެގެންވާ ނަޖިހުގެ ތެރެއިން ޙުކުމިއްޔަ ނަޖިހެއް ޖެހިފައިވާ ތަނަށް އެންމެ ފަހަރަކު ނަމަވެސް ފެން އޮހޮރުވައިލުމުން ޠާހިރުވާނެއެވެ. ޢައިނިއްޔަ ނަޖިހެއް ޖެހިފައިވާ ތަން ޠާހިރުވާނީ ރަހަޔާއި ކުލަ ވަސް ފިލުވައިލުމުންނެވެ. ފިލުވައިލުން ދަތިވެއްޖެ ޙާލެއްގައި ކުލައެކަނި ނުވަތަ ވަސް އެކަނި ހުއްޓަސް ޠާހިރުވާނެއެވެ. ރަހައެކަނި ނުވަތަ ވަހާއި ކުލަ ނުފިލައި ހުރެއްޖެނަމަ، ފިލުވުމުން ޢުޛުރު ވެރިވެއްޖެއުމަށް ދާންދެން ސައިބޯނިފަދަ ތަކެތިލައިގެން ދޮންނަން ވާނެއެވެ. ޢުޛުރުވެރި ވެއްޖެނަމަ ހިމެނޭނީ ޢަފޫ ވަނިވި ނަޖިހުގެ ތެރެއިންނެވެ. ނަޖިސް ފިލުވަން ދަތިވުމަކީ ތިން ފަހަރު ފެންއަޅައިގެން އުނގުޅައިލުމުން ފިލައިގެން ނުދިއުމެވެ. ޢުޛުރު ވެރިވުމަކީ ކަނޑާލައިގެން ނުވަތަ ހަލާކުކޮށްލައިގެން ނޫނީ ނުފިލުމެވެ.
ނަޖިސްވެފައިވާ ތަކެތި ޠާހިރުކުރުމުގައި މަދުފެނުން ޢަމަލުކުރާނަމަ، ނަޖިސްޖެހިފައި ހުރިތަނަށް ފެން އޮހެރިގެން ދިއުން ޝަރުޠުވާނެއެވެ. މަދުފެނުގެ ތެރެއަށް ގަންބައިގެން ދޮވެފިނަމަ، އެފެން ނަޖިސްވެދާނެއެވެ. ގިނަ ފެނުގެ ތެރެއަށް ގަންބައިގެން ދޮވުމަކުން އެފެން ތަޢައްޔަރު ނުވާހާ ހިނދަކު ގެއްލުމެއް ނުވާނެއެވެ.
"މުޅަތަކެތީގެ ހަން ދިބާޣުކުރުމުން ޠާހިރުވާނެއެވެ. ދިބާޣުކުރުމަކީ ހަންގަނޑުގައިހުންނަ ކުދިކުދި މަސްކޮޅުކޮޅާއި ލޭކޮޅުކޮޅާއި ސަރުބީ ކޮޅުކޮޅުފަދަތަކެތި ނަގާ އެއިން ކުނިވަސް ފިލުވުމެވެ. ދިބާޣުކުރެވުނުކަމަށްވާނީ އޭތި ފެނަށްލުމުން އަލުން ކުނިވއސް ނުދުވާވަރަށް ކުނިވަސް ފިލުމުންނެވެ. ދިބާޣުކުރުމަސްޓަކައި އަންނާރު ތޮށިފަދަ ތޫނު އެއްޗެއް ބޭނުން ކުރިޔަސް، ކޮތަރުގުއި ފަދަ ނަޖިސް އެއްޗެއް ބޭނުން ކުރިޔަސް އެންމެ ރަގަޅެވެ. އެކަމަކު އަވީގައި ބަހަށްޓައިގެން ނުވަތ ފަސްގަނޑުތެރޭ ވަޅުލައިގެން ދިބާޣެއް ނުކުރެވޭނެއެވެ. ރަސޫލުﷲގެ ފާނު ޙަދީޘް ކުރައްވަނީ ايما اهاب دبع فقد طهر (رواه مسلم ) ދިބާޣުކުރެވުން ކޮންމެ ހަމަކީ ޠާހިރު އެއްޗެކެވެ." (ފަސޭހަ ފިޤުހު)
"މާތްﷲ ރުއްސުންލެއްވި އިބްނު ޢައްބާސްގެ ކިބައިން ރިވާ ވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.( ރަސޫލާގެ އަނބިއަނބި ކަނބަލުންގެތެރެއިން) މައިމޫނާގެ އަޅުމީހަކަށް ހަދިޔާ ކުރެވުނު ބަކަށްޓެއް މަރުވުމުން އެއެއްލައިލާން އުޅޭތަން އިތުރު އެކަލޭގެފާނަށް ފެނިވަށައިގެން ޙަދީޘްފުޅުކުރެއްވިއެވެ. " ތިޔަބައިމީހުން އޭގެ ހަން ނަގައި އެހަން ދިބާޢުކޮށް އެއިންފައިދާ ނުނަގަންވީ ކީއްވެ ހެއްޔެވެ؟" އެމީހުން ދެންނެވިއެވެ. "އެއީ މަރުވެފައިވާ އެއްޗެކެވެ. " އެކަލޭގެފާނު ޙަދީޘްފުޅު ކުރެއްވިއެވެ." ހަމަ ކަށަވަރުން ޙަރާމް ކުރެވިފައިވަނީ އެކެއުމެވެ." (رواه الجماعة).އަންޣާމް ސޫރަތުގެ 145ވަނަ އާޔަތުގައި "ميتته" (މަރުވެފައިވާ ތަކެތި) މިކަލިމައިގެ ތަފްސީރުގައި މާތްﷲ ރުއްސުނަލެއްވި އިބްނުޢައްބާސް ވިދާޅުވެފައިވެއެވެ. " ހަމަކަށަވަރުން އެއިން ޙަރާމް ކުރެވިފައިވަނީ އޭގެ މަހެވެ. ފަހެ، އޭގެ ހަމާއި ދަތާއި ކަށްޓާއި ކެހެރިފަދަ ތަކެތި ޙަލާލުވެގެންވެއެވެ. " (رواه ابن المنذر وابن ابى حتم )" (ރާއްޖެއިސްލާމް.ކޮމް)
ދިބާޣުކުރެވުން އެތީގެ ޙުކްމަކީ ނަޖިސް ވެފައިވާ އެތީގެ ޙުކްމެވެ. ވީމާ ދިބާޣުކުރެވުނު އެއްޗެއް އަނގެގެން ނުވަތަ ލައިގެން ނަމާދު ކުރެވޭނީ އެއްޗެއް ދޮވެ ޠާހިރު ކުރުމަށްފަހުގައެވެ. އެކަމަކު އެ އެތި ދޮވުމުގެ ކުރިން ވިއްކުން ހުއްދަވާނެއެވެ. ބަޅުއޫރާއި އެދޭތިންކުރެ އެއްޗެއް އެހެން ޖަނަވާރަކާ ގުޅިގެން ލިބޭ ޖަނަވާރުގެ ހަން ދިބާޣުކުރުމަކުން ޠާހިރެއް ނުވާނެއެވެ.
Tuesday, September 29, 2009
އަޅުކަން
c
އަޅުކަމަކީ ކޮބާ؟
މާތްވެގެންވާ އިސްލާމް ދީނަކީ ﷲسبحانه وتعالى އެއިލާހުގެ އަޅުތަކުން އެޙިކްމަތަކަށް ޓަކައި މިބިންމަތީގައި ލެހެއްޓެވި ޙިކްމަތް އޭގެ އެންމެ ފުރިހަމަ ގޮތުގައި ފުރިހަމަ ކުރުމުގެ މަގު އެއަޅުތަކުންނަށް ފަހިކޮށް ދެއްވުމަށްޓަކައި އެކަށަ އަޅުއްވާފައިވާ ހަމަތަކާއި އުޞޫލުތަކެވެ. އެއިލާހު މިބިންމަތީގައި އެއިލާހުގެ އަޅުތަކުން އުޅުމަށްޓަކައި އެއިލާހު ރުހިވޮޑިގަންނަވާ ގޮތެވެ. އެދީނުގައި ކަނޑައެޅި ފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނޭ އެއްބަޔަކީ އަޅުކަމެކެވެ.
އަޅުކަމަކީ ﷲ سبحانه وتعالى މިވެނިކަމެއް މިވެނިގޮތަކަށް ކުރުމަށް އެންގެވި ކަންތައްތަކެވެ. އެކަމެއް އެކުރަނީ ކީއްވެގެންކަން އާންމު ގޮތެއްގައި ސިކުނޑިއަށް ނުވިސްނިވެސް ހިނގައިދާނެއެވެ. އެކަމަކު ކުރަންވެސް މަޖުބޫރެވެ. އިސްލާމްދީނުގައި އަޅުކަމާއި ދީނީ ޢަމަލުތަކާއި ތަފާތެއް ނުކުރެއެވެ. މިސާލަކަށް ނަމާދުކުރުމާއި ރޯދަހިފުމާއި ޒަކާތްދިނުމާއި ޙައްޖު ވުމެވެ. ދީނުގައި ހުއްދަ ކުރައްވާފައިވާ ކަންތައް ހެޔޮނިޔަތާއެކު ތިމާއާއި އެހެންމީހުންގެ ފައިދާއަށް ކުރާނަމަ އެކަންތައްތަކަކީ އަޅުކަމެކެވެ.
އަޅުކަމުގެ މަފްޙޫމް.
"އަޅުކަން މިބަހުގެ މާނައަށް ބަލާއިރު މިބަހުގައި ތަފާތުމާނަތައް އެކުލެވެއެވެ. އެމާނަތަކުގެ ތެރެއިން އެނެމެ ފާހަގަ ކޮށްލެވެނީ ކިޔަމަންތެރިކަން، ބޯލެނބުން އަޅުވެތިވުމެވެ. މިބަހުގެ އިސްތިލާޙީ މާނައަކީ މާތްﷲއަށް އަޅުވެތިވުމެވެ. ނުވަތަ ލޯބި ވުމާއި އަޅުވެތިވުމެވެ." (ދަރުމަ މަޖައްލާ).
އަޅުކަމަކީ އިންސާނާގެ ދުލުން ބުނެވޭ ބަސްތަކާއި ކުރާ ޢަމަލްތަކާއި އަދި ﷲ سبحانه وتعال.ގެ ރުހިވޮޑިގަތުން އެދިގެން ކުރާ ކޮންމެކަމެކެވެ. ކުރުގޮތަކަށް ބުނާނަމަ މުސްލިމް އިންސާނާގެ މުޅިޙަޔާތަކީވެސް އަޅުކަމެކެވެ. އިންސާނާ ކުރާ ކޮންމެ ކަމެއް ވަކި شر ط އެއް ހަމަވުމުން އަޅުކަމަކަށް ވެދެއެވެ. މާތް ﷲ سبحانه وتعالى وحى ކުރައްވާފައިވެއެވެ. "وما خلقت الجن والا نس الا ليعبدون." މާނައީ :" ތިމަން ﷲއަށް އަޅުކަންކުރަންމެނުވީ ޖިންނީންނާއި އިންސީން ނުހައްދަވަމެވެ." އަދިވެސް ވަޙީކުރައްވައެވެ.
(سورة الكهف 110) މާނައީ :ވީއިރު ކަލޭމެންކުރެ ކޮންމެ މީހަކު ނަމަވެސް އެކަލާނގެ ރަސްކަން ފުޅާއި ބައްދަލު ވުމުގެ
އުންމީދުކުރަނީނަމަ ހެއު ޢަމަލު ކުރުންމަތީ ދެމި ހުންނަހުށިކަމެވެ. އަދި އެމީހަކުގެ ވެރިރަސްކަލާނގެ ރަސްކަންފުޅަށް
އަޅުކަން ކުރުމުގައި ޝަރީކު ނުކުރާހުށިކަމެވެ." މާތް ﷲ ވަޙީކުރައްވާފައިވަނީ
(الرعد28)
މާނައީ:"ހިތްތައް ހަމަޖެހުންވަނީ ﷲ ހަނދުމަކުރުމުންނެވެ."
"މުސްލިމަކުކުރާ ކަމެއް އަޅުކަމެއްކަމުގައި ހިމެނޭނީ ތިމާގެ ދިރިއުޅުމުގެ ކޮންމެ ހިނދެއްގައާއި ކޮންމެ ކަމެއްގައި ﷲ އަށް ބިރުވެތިވެ އެކަލާނގެ ރުއްސެވުން ލިބުމާއި ރުހިވޮޑިނުގަތުމުން ސަލާމަތްވެ ރައްކައުތެރިކަންއެދިހުރެ އެކަމެއް ކުރުމުންނެވެ. ވުމާއެކު އިސްލާމީ އަޅުކަމުގެ ޙިކްމަތެއް ކަމުގައިވާނީ ﷲ އަށް ބޯލަނބައި ކިޔަމަންތެރިވުމާއި އެކަލާނގެ ނަހީކުރެއްވި ކަންތައްތަކުން ދުރުވެ ރައްކައުތެރިވުމުގެ އާދަ އެމީހެއްގެ ކި
ބައިގައި އަށަގެންނެވުމެވެ.(އިސްލާމީތަރުބިއްޔަތު ގްރޭޑް9). މާތް ﷲ ވަޙީ ކުރައްވާފައިވަނީ
• (السراء22)
މާނައީ؛"ތިޔަބައިމީހުން ﷲ އާއެކު އިލާހަކުނުލާށެވެ.ފަހެ،އޭރުން މަލާމާތްލިބި ނިކަމެތިވެގެންވާ ޙާލު އިންނަން ޖެހިދާނެއެވެ."
ދިރިއުޅުމުގެ ކޮންމެ ކަމެއްގައި އަޅާ ތިމާ ހެއްދެވި ފަރާތަށް ބޯލަނބައި ކިޔަމަން ގަނެ، ނަހީ ކުރެއްވި
ކަންތަކުން ދުރުވެހުރެ ﷲގެ ރުހިވޮޑިގަތުން އެދިކުރާ ކޮންމެ ކަމަކީ އަޅުކަމުގެ ތެރޭގައި ހިމެނޭ ކަންކަމެވެ. ތިމާގެ ދިރި
އުޅުމުގެ ކޮންމެ ކަމެއްގައިމެ އެއިލާހުގެ ރުއްސެވުން އެދިގެން ކުރާ ކޮންމެ ކަމެއްވާނީ އަޅުކަމަކަށެވެ.
ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲޢަލައިހި ވަސައްލަމްގެ އަރިހުން ވާރިދުވެފައިވާ ގޮތުގައި އަޅުކަން 7 ބަޔަކަށް ބެހެވިގެންވެއެވެ.އެއީ
1-ޙަލާލުކީބޯތަކެތި ހޯދުން
2-މައިންބައިންނަށް ކަމޭހިތުން
3-އަމިއްލަ ނަފްސުދެކެ ލޯބިވާފަދައިން ތިބާގެ އަޚާދެކެ ލޯބިވުން
4-ތިމާގެ ބަނޑާއި ފަރުޖު ރައްކާތެރިކުރުން.
5-ﷲމަޢުރިފާކޮށް ދަނެގަތުމާއި އެކަލާނގެއަށް މަޑުމޮޅިވުން.
6-ﷲގެ ކުޅަދުންވަންތަކަމާމެދު ވިސްނުން
7-ނިޔަތް ރަނގަޅުވުން
އިސްލާމްދީނުގައި އަޅުތަކުންނާގުޅިފައިވާ އަޅުކަންތައް ބެހިގެންވަނީ
1-ތިމާގެ ހަށިގަނޑުން ކުރެވޭ އަޅުކަންތައް
2-ތިމާގެ މުދަލުން ކުރެވޭ އަޅުކަންތައް
3-ތިމާގެ ހަށިގަނޑާއި މުދަލުން ކުރެވޭ އަޅުކަންތައް.
ﷲނޫން ފަރާތަކަށް އަޅުކަން ކުރަން ނުޖެހެނީ ކީއްވެ؟
ﷲ ސުބުޙާނަހޫ ވަތަޢާލާއީ އަހަރުމެން އުފެއްދެވި ފަރާތެވެ.އަހަރުމެންނަށް ޢިލްމުވެރިކަން ދެއްވި ފަރާތެވެ.އަހަރުމެން ދިރިއުޅުމަށް ޓަކައި ބިންފަސޭހަކޮށްދެއްވައި ނިޢުމަތްތަކުން މިބިން ފުރާލެއްވިފަރާތެވެ. ކާއިނާތުގައިވާހާ އެއްޗެއް ހައްދަވާފައި ގިނަގުނަ އަސްބާބުތައް ލެއްވި ރަސްކަލާނގެއެވެ. އެއީ އުޑުގައި ވިލާތައް ލެއްވި ފަރާތެވެ.އަދި އެއިން އެންމެހާ ތަކެއްޗަށް ދިރުންދެއްވި ރަސްކަލާނގެއެވެ.އަހަރުމެން އިންސާނުންނަށް ޞިއްޙަތާއި ޢާފިޔަތު ދެއްވައި ހިތްހަމަ ޖެހުމާއި އުފާވެރިކަންވެސް ދެއްވީ މާތްﷲ އެވެ.
އިންސާނުން ކުރާ އަޅުކަމަކުން މާތްﷲއަށް ލިބޭނެ ގެއްލުމެއްވެސް އަދި ވާނެ ފައިދާއެއްވެސް ނޯންނާނެއެވެ.އިންސާނާ އަޅުކަން ކުރަނީ ހަމައެކަނި އިންސާނާގެ ފައިދާއާއި ލާބައަށްޓަކައެވެ. އެހެނީ އެކަލާނގެއަށް އަޅުކަންކުރުމުން، ޛިކުރުކުރުމުން،ޝުކުރުކުރުމުން އޭގެ ފައިދާ ލިބޭނީ ޙުދް އެމީހަކަށްކަން ކަށަވަރެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.
• • (سورة البقرة 25) މާނައީ : " އަދި އީމާންވެ ޞާލިޙު ޢަމަލުކުޅަ މީހުންނަށްޓަކައި ސުވަރުގެތަކެއް ހުރިކަމުގެ އުފާވެރި ޚަބަރު ކަލޭގެފާނު އެބައިމީހުންނަށް ދެއްވާށެވެ! އެސުވަރުގެ ތަކުގެ ދަށުން ފެންކޯރުތައް ހިނގަހިނގައި ހުރެއެވެ.އެސުވަރުގެ ތަކުން ރޯއްޖެއްގެ ގޮތުގައި މޭވާގެ ކޮންމެވެސް ބާވަތެއް އެބައިމީހުންނަށް ލިބޭ ކޮންމެ ފަހަރަކު އެބައިމީހުން ބުނާނެއެވެ.މިއީ ކުރިންވެސްއަހަރެނެންނަށް ލިބުނު މޭވާއެވެ.އެމީހުންނަށް އެފަދަ މޭވާ ދެއްވާހުށީ (ބޭރުފުށުން) އެއްވައްތަރުވާ ޙާލުގައެވެ.އަދި އެސުވަރުގެ ތަކުގައި އެބައިމީހުނަނަށްޓަކައި ޠާހިރުވެގެންވާ އަނބިންތަކެއް ވެއެވެ. އަދި އެބައިމީހުންނީ އެ ސުވަރުގެ ތަކުގައި ދެމިތިބޭނެ ބައެކެވެ." މިގޮތަށް އަޅުކަން ކުރުން ލައްވާފައި ނެތްނަމަ އަހަރުމެން ﷲއަށް ޝުކުރު ކުރާނެގޮތެއް ނޯންނާނެއެވެ. ރަސޫލާ صلى الله عليه وسلم حديت އެއްގައި ވެއެވެ. "الدعاء مع العبادة " މާނައީ: "އަޅުކަމުގެ ސިކުޑިއަކީ ދުޢާ ކުރުމެވެ." މި ޙަދީޘުންވެސް ސާބިތުވަނީ އަޅުކަމުގެ މުހިންމު ކަމަކީ ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ދުޢާ ކުރުމެވެ. އެހެނީ ﷲ އިންސާނާ އުފެއްދެވީ އެކަލާނގެއަށް އަޅުކަންކޮށް އެކަލާނގެ ތަޤްދީސް ކުރުމަށެވެ.
މާތް ވެގެންވާ އިސްލާމް ދީނުގައި އަޅުކަމުގެ ގޮތުގައި ޝަރުޢީ ގޮތުން އައިސްފައިވާ ވާޖިބާތުތަކަކީ
ނަމާދު.
ތަޢާރަފް:-
ނަމާދުގެ މާނައަކީ ދުޢާއެވެ. ޝަރުޢުގައި ނަމާދަކީ ތަކުބީރަކުން ފެށޭ، ތަސްލީމަކުން ނިމޭ ވަކި ޙަރަކާތެކެވެ. ނަމާދަކީ އިންސާނަކު އޭނާހެއްދެވި ﷲގެ ޙަޟްރަތަށް މުނާޖާ ދަންނަވައި ތިމާގެ ކުށްފާފަ ތަކުގެ މައްޗަށް އިޤްރާރުވެ އެކަމުން ސަލާމަތްކޮށް ދެއްވުމަށް ދަންނަވާދެންނެވުމެކެވެ. (އިސްލާމީ ތަރުބިއްޔަތު ގްރޭޑް9)
"ނަމާދަކީ ކޮންމެ ފުރާނައެއް އެކަމަށް އެދި ފެންބޮވައިގަނެ ފައިވާ ޢަމަލެކެވެ. ހެއްދެވި ފަރާތް ދެނެގަތުމަށްޓަކައި ކޮންމެ ހިތެއްގެ ރުއިމެވެ. ނަމާދަކީ .ﷲސުބުޙާނަހޫ ވަތަޢާލާ އިންސާނުންނަށް މިންވަރުކުރައްވާ ފައިވާ އަދަދު ނުކުރެވޭހާ ގިނަނިޢުމަތްތަކަށް ޝުކުރުވެރިވުމުގެ ގޮތުން ކުރެވޭ ކުޑަކުޑަ ޢަމަލެކެވެ."(ދީނުގެމަގު ވެބްސައިޓު)
ﷲސުބުޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. (سورة البقرة 238 ) މާނައީ "ތިޔަބައިމީހުން ފަރުޟު ނަމާދަށް ރައްކާތެރިވާށެވެ.އަދި ޚާއްޞަކޮށް މެދު ނަމާދަށް(އެބަހީ ޢަޞުރުނަމާދަށް) ރައްކާތެރި ވާށެވެ.އަދިކިޔަމަންތެރިވެގެންވާ ޙާލު ތިޔަބައިމީހުން ﷲގެ ކުރިފުޅު މައްޗަށް ތެދުވާށެވެ."
ނަމާދުގެ ރޫޙާނީ އަދި އަޙްލާޤީ ފައިދާ.
ކީރިތި ރަސޫލާގެ ބަސްފުޅެއްގައިވެއެވެ. ادا قام احدكم يصلى فانه يناجى ربه މާނައީ: "މީހަކު ނަމާދަށް ހުންނައިރު އޭނާވާނީ އޭނާގެ ވެރިރަސްކަލާނގެ އަށް މުނާޖާ ދެންނެވުމުގައިއެވެ." "ރެޔާއި ދުވާލު ފަސްފަހަރު ނަމާދު ކުރާމީހަކު ކަންތައްތަކާމެދު ކަންބޮޑުވެ ފިކުރު ބޮޑުވާކަށް ނުޖެހޭނެއެވެ. ކޮންމެ ފަދަ ބޮޑު ދަތި ކަމެއް ކަމެއް ކުރިމަތިވިކަމުގައިވިއަސް ނާއުއްމީދުވުމެއްނެތި އައުހިއްވަރަކާއެކުއެކަމާ ކުރިމަތިލުމުގެ ބާރުލިބޭނެއެވެ."
(އިސްލާމީތަރުބިއްޔަތު ގްރޭޑް9)
ރެއާއި ދުވާލެއްގެ ތެރޭގައިވާ ސައުވީސް ގަޑިއިރު މިސްކިތްތަކުން ބަންގިގޮވައެވެ.ބަންގިއަށް އިޙްތިރާމާއެކުއިޖާބަދޭންޖެހެއެވެ.އެއަޑުއިވަމާއެކު މިސްކިތަށް ދާންޖެހެއެވެ.ނަމާދު އަދާކުރުމަށެވެ.މަޑުމައިތިރިކަމާއެކުގައެވެ.އިމާމުމީހާ ގަމަތް ދިނުމުން ކިޔަމަންތެރިކަމާއެކު އޭނާގެ ފަހަތުގައި އަދަބުވެރިވެ ސަފުހަދާތިބެއެވެ.އޭނާގޮވާލާ ކޮންމެ ގޮވާލުމަކަށް ޖަވާބުދޭންޖެހޭ މޭރުމުން އިޖާބްދެމުންނެވެ.އެންމެން އެކަތިގަނޑެއްހެންނެވެ.އިލާހީ حضرت ގައި އެއިލާހުގެ ހުކުމްފުޅު ތަންފީޒްކުރުމުގެ މާތް ނިޔަތުގައެވެ.މާދަމާ އެންމެ ފުރަތަމަ ޢަމަލުގެ ބައިން ސުވާލްކުރެވޭނީ މިނަމާދާމެދުކަން ހަނދާނުގައިބަހައްޓައިގެންނެވެ."އެންމެހައި ބަދުއަޚްލާޤީސިފަތަކުން ތިމާގެ ނަފްސު ޠާހިރުވެގެންމެނުވީ އެއްވެސް އިންސާނަކަށް ﷲ ރުއްސެވުމާއި އެކަލާނގެحضرت އަށް ކުއްތަންވުމުގެ نصيب حا صل އެއް ނުވާނެއެވެ. ތިމާގެ ނަފްސު އެންމެހާ ނުރަނގަޅު އާދަ ތަކުން ޠާހިރު ކުރުމަށް އޮތް އެންމެ ބޮޑު ވަޞީލަތަކީ ނަމާދުކުރުމެވެ."
ނަމާދުގެ ސަބަބުން ތިމާގެ ޟަމީރަށް ހިތްވަރު ލިބެއެވެ. ޝުޢޫރަށް ދިރުން ލިބެއެވެ. ހިތަށް ހަމަޖެހުން ލިބެއެވެ. އަދި އެންމެހާ ފާހިޝް ޢަމަލުން ސަލާމަތް ވުމުގެ އެހީ އަކަށް ވެއެވެ. މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ." ' މާނައަކީ: ހަމަކަށަވަރުން ފާހިޝްކަންތައްތަކާއި މުންކަރާތަކަށް އަރައިގަތުމަށް ނަމާދު މަނާކުރެއެވެ. ޢަބްދުﷲބުން މަސްޢޫދު ރަޟިޔަﷲޢަންހު ވިދާޅުވިއެވެ. ތިމެންކަލޭގެފާނު ރަސޫލާ صلى الله عليه وسلم ކުރެން އެއްސެވީމެވެ."އޭ ﷲގެރަސޫލާއެވެ!އެންމެހެޔޮ ޢަމަލަކީ ކޮބައިތޯއެވެ؟" އެކަލޭގެފޢނު ޙަދީޘްކުރެއްވިއެވެ."ނަމާދު އޭގެ ވަގުތުގައި ކުރުމެވެ." ތިމެންކަލޭގެފާނު އަނެއްކާ އެއްސެވީމެވެ."ދެންކޮންކަމެއްތޯއެވެ." އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ."މައިންބަފައިންނަށް ހެޔޮކޮށް ހިތުމެވެ."ތިމަންކަލޭގެފާނު އެއްސެވީމެވެ. "ދެންކޮންކަމެއްތޯއެވެ.؟" އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. "ﷲގެ މަގުގައި ޖިހާދުކުރުމެވެ."(ޞަޙީޙުލްބުޙާރީ، ޖިލްދު4، ޙަދީޘް ނަމްބަރު 41 )
ނަމާދުގެ އިޖްތިމާޢީ ބައެއް ފައިދާ.
ނަމާދުގެ ޖަމާޢަތަށް ޙާޟިރުވެފައިވާ ވަކިވަކި ޢާއިލާތަކަށް ނިސްބަތްވާ ވަކިވަކި އަފްރާދުންނަކީ އެއްބަނޑުއެއްބަފާ ބައެއްކަން ހިތުގެ އަޑީން ޤަބޫލު ކުރެވޭނެއެވެ. އެއްބަޑުއެއްބަފާ ފަރުދުންގެ އޮންނަންވާ އެކުވެރި ކަމާއި އެއްބައިވަންތަކަމުގެ ދަރުސް ނަމާދުގެ ސަފުތަކުން ލިބިގަންނަމުންނެވެ. ނަމާދު ނިމިގެން ހައްދަވައި ގެންގުޅުއްވާ އިލާހަށް ޝުކުރު ކުރަމެވެ. އެޅިފައިވާ ކަތި ފިޔަވަޅުތައް، އެފިޔަވަޅަށް އެޅުނުކަމަށްޓަކައި ދެރަވެ އެކަމަށް މާޢާފްކޮށް ދެއްވުމަށް ﷲ ގެ حضرت ގައި ދަންނަވަމުންނެވެ. އިލާހީ ރުހި ވޮޑިގަތުމަށް އެދެމުންނެވެ. ނަމާދު ނިމުމުން އެކަކު އަނެކަކާއި ބައްދަލުކޮށް ސަލާމް ގަލާމް ކޮށް އެކަކު އަނެކެއްގެ ޙާލާއި އާޢިލާގެ ޙާލު ބެލިގެންނެވެ. އެބައިމީހުންގެ ޙާޖަތްތައް ފުއްދައި ދިނުމުގެ ހަނދާންތަކާއި ފިކުރު ޙިއްސާ ކުރެވިގެންނެވެ. އާދެ! މިކަމުގެ ސަބަބުން ހަމަކަށަވަރުން ޢާއިލީ ގުޅުންތަކާއި އިޖްތިމާޢީ ގުޅުންތައް ހީނަރުވެގެން ދިޔުމުގެ ބަދަލުގައި ދާނީ ތާޒާވެ ހެދި ބޮޑުވަމުންނެވެ. ގުޅުން ބަދަހިވެގެންނެވެ. އިގްތިމާޢީ ބާރު ގަދަވެގެންދާނެއެވެ. އިޖްތިމާޢީ ޢަދާލަތުގެ ކިއްލާ ވަރުގަދަވެގެންދާނެއެވެ.
"ނަމާދުގެ ސަބަބުން ލިބޭ ރޫޙާނީ ފައިދާތަކާއި أخلاقي ފައިދާތަކުގެ ސަބަބުން ތިމާއަކީ މުޖުތަމަޢުގައި ބޭނުންތެރި ފަރުދެއްކަމުގައި ހަދައެވެ. ހަޤީޤީ އެއްބައިވަންތަކަމުގެ ރޫޙު މީސްތަކުންގެ މެދުގައި އުފެދެއެވެ. ނަމަވެސް ދެނަގަތުން ބޭނުން މުހިއްމު ނުކުތާ އަކީ ނަމާދުގެ ސަބަބުން ލިބޭ ގިނަގުނަ ފައިދާ ތަކުގެ ތެރެއިން ކިތަންމެ ކުޑަވިއަސް މިންވަރެއް ލިބުން އޮތީ ނަމާދުކުރުމުގައި ތިމާގެ ހިތާއި ހަށިގަނޑު طاهر ކުރުވައި ނަމާދުކުރުމުން ކަމެވެ. ﷲގެ މަތިވެރިކަމާއި ތިމާގެ ނުކުޅެދުންތެރިކަން ހިތައް ގެނެސްގެން އެކަލާނގެއަށް ބިރުވެތިވެ ثواب އާއި ރަޙްމަތަށް އެދިހުރެ ނަމާދު ކުރުމުން މެނުވީ ތިމާއަށް ލިބޭނެ ކުޑަވެސް ފައިދާއެއް ނޯންނާނެއެވެ. އެހެންކަމުން ނަމާދު އޭގެ ވަގުތުގައި ޚުޝޫއަތް ތެރިކަމާއި އެކު ކުރުމަކީ މުއުމިނުންގެ ސިފައެކެވެ.
ﷲ ސުބުޙާނަހޫ ވަތަޢާލާ ވަހީކުރައްވާފައިވެއެވެ، (سورة الا نفال 4-3) މާނައީ "އެބައިމީހުންނަކީ ނަމާދު ޤާއިމްކޮށް އަދި ތިމަންރަސްކަލާނގެ އެބައިމީހުންނަށް ދެއްވިތަކެތިން ހޭދަކޮށް އުޅޭމީހުންނެވެ.ޙަޤީޤީ މުއުމިނުންނަކީ ހަމަ އެއީ އެވެ. އެބައިމީހުންގެ ވެރި ރައްބުގެ ޙަޟްރަތުން އެބައިމީހުންނަށް މަތިވެރިވެގެންވާ ދަރަޖައާއި ފާފަ ފުއްސެވުމާއި އަދި މާތްވެގެންވާ ރިޒްޤު(ސުވަރުގޭގައި )އެބައިމީހުންނަށް ވެއެވެ."
އަދިވެސް ވަޙީކުރައްވާފައިވެއެވެ. • (سورة المؤ منون9-11) މާނައީ "އަދި އެބައިމީހުންނީ އެބައިމީހުންގެ ނަމާދުތަކަށް ( ފަރުޟު ނަމާދަށް އޭގެ ވަގުތުގައި) ރައްކައުތެރިވާ މީހުންނެވެ.ޙަޤީޤީ ވާރުތަވެރިންނަކީ ފަހެ އެއީއެވެ. އެމީހުންނަކީ ފިރުދައުސްގެ (އެބަހީ އެންމެ މަތީ ސުވަރުގެތަކުގެ) ވާރުތަވެރިންނެވެ. އަދި އެބައިމީހުން އެތަނުގައި އަބަދުގެ އަބަދަށް ދެމިތިބޭ ހުއްޓެވެ."
ނަމާދުގެ ޛަރީޢާއިން ލިބޭ މުހިއްމު ބައެއް ޞިއްޙީ ފާއިދާތަކުގެ ތެރޭގައި
1- ހަށިގަނޑުގެ އެންމެހައި ގުނަވަންތަކާއި ހުޅުހުޅަށް ހަރަކާތްތެރިކަން ލިބެއެވެ. މިގޮތުން މައިކަށީގެ ހުޅުހުޅަށް ދާންދެން ނަމާދުގެ ސަބަބުން ހަރަކާތް ލިބެއެވެ.
2- ހިތަށް އިތުރު ހަރަކާތް ލިބި ލޭހިނގުން ފަސޭހަވެއެވެ.
3- ސިކުނޑީގެ ފަލަ ލޭހޮޅިތައް ހަރުވުމުން ހަރަކާތްތެރިވެއެވެ.
4- މުޅިހަށިގަނޑުގެ ލޭހިނގުމުގެ ނިޒާމް ހަމަޖެހި ނުރައްކާތެރި އެތަކެއް ބަލިތަކުން ސަލާމަތްވެއެވެ.
ނަމާދަކީ ދުވާލަކު ފަސްފަހަރު ރޫޙާނީ މަތިވެރިކަމެއް ތަޖުރިބާކުރުމަށްޓަކައި މުސްލިމުންނަށް ﷲ ތައާލާ ދެއްވާފައިވާ ހަދިޔާއެކެވެ.ނަބިއްޔާمحمد صلى الله عليه وسلم އޮޅުންފިލުއްވައިދެއްވި ގޮތުގައި " ނަމާދަކީ މިއުރާޖެކެވެ." އެހެނީ ނަމާދަކީ ކޮންމެ މުސްލިމަކަމަކަށް އޭނާގެ އިލާހާއި މުޢާމަލާތް ކުރުމަށް ލިބޭ ފުރުޞަތެކެވެ.އެކަލާނގެއީ ކޮޅެއްނެތް ރަޙު މަތުން އަހަރުމެންގެ އެންމެހައި ބޭނުންތައް ފުއްދަވައިދެއްވާ އިލާހެވެ. އަޅުގަނޑުމެންގެ ވަށައިގެންވާ ދުނިޔޭގެ ޗާލުކަމާއި ފުރިހަމަކަމަށް ނަޒަރު ހިންގަވައިލެއްވުމަށްފަހު ކަކޫމައްޗަށް ތިރިވެ އެތަކެތި އުފެއްދެވި އިލާހަށް ޝުކުރުވެރިވާށެވެ.
އަރަބިބަހުގައި (އަލްޒަކާތް) މިބަސް ވަރަށްގިނަމާނައިގައި ބޭނުންކުރެވެއެވެ.މީގެތެރޭގައި ގިނަވުން ، ބޮޑުވުން ، ތާހިރުވުން އަދި ބަރަކާތް ހާސިލްވުން ހިމެނެއެވެ.ފިގުހު އިލްމުވެރިންގެ އިސްތިލާހުގައި ޒަކާތަކީ ޚާއްޞަ ޝަރުތުތަކަކާއެކު މުއްސަނދިންގެ މުދަލުން ނަގާ ފަޤީރުންނާއި މީސްތަކުންނަށް އަދި އެނޫނަސް ޒަކާތް ލިބުން ހައްގުވެގެންވާ ފަރާތްތަކަށް ދެވޭ މުދަލެކެވެ. ޒަކާތަކީ މުސްލިމުންގެ މުދަލުގެތެރެއިން ނަގައިގެން އަދާކުރުމަށް މުސްލިމުންގެ މައްޗަށް ފަރުޟުކުރެވިގެންވާ އަޅުކަމެކެވެ.ޒަކާތަކީ އިސްލާމްކަމުގެ 3 ވަނަ ރުކުނެވެ. ޤުރުއާނާއި ސުންނަތުން އެދި ދަންނަ ބޭކަލުންގެ އިޖްމާއުންވެސް ޒަކާތަކީ ސާބިތުވެގެންވާ އަޅުކަމެކެވެ. ޒަކާތްހުރީ ދެބަޔަކަށެވެ.އެއްބަޔަކީ މުދަލާއި ގުޅިގެން ހުރި ޒަކާތެކެވެ. އަނެއް ބަޔަކީ ތިމާގެ ނަފްސުއި ގުޅިގެން ހުރި ޒަކާތެވެ.ތިމާގެނަފްސާއި ގުޅިގެންހުރި ޒަކާތަކީ ފިތުރު ޒަކާތެވެ. ޒަކާތް ފަރުޟު ކުރައްވާފައި ވަނީ ހިޖްރައިން 2 ވަނަ އަހަރު ރޯދަ ފަރުޟުކުރެއްވުމުގެ ކުރީގައެވެ.(ޒަކާތް ވިކިފީޑިއާ)
ޒަކާތުގެ ރޫވްޙާނީ އަދި އަޙުލާޤީ ފާއިދާ
ޒަކާތް ދިނުމުން މުދަލުގައިވާ ފަޤީރުންގެ ޙައްގުތައް ނެރެވި މުދައު ޠާހިރުވެއެވެ. އޭގެ ސަބަބުން މުދަލުގައި ބަރަކާތް ލައްވައި މުދައު ގިނަވެ، އިތުރުވެއެވެ. މިސަބަބާކާ ހުރެ ޒަކާތުގެ ފައިދާތައް ގިނަވެއެވެ. (އިސްލާމީތަރުބިއްޔަތު ގްރޭޑް 9) އިސްލާމީ އެހެނިހެން އަޅުކަމެކޭ އެއްފަދައިން ޒަކާތުގައިވެސް ލައްވާފައިވާ އެންމެ ބޮޑު ރޫވްޙާނީ ފައިދާއަކީ ﷲއަށް ކިޔަމަންތެރިވުމެވެ. ތިބާއެއެއްޗަކަށް ނުހަނު ލޯބިކުރާ މުދައު ﷲގެ އަމުރުފުޅަށް ކިޔަމަންވެ، ހޭދަކުރުމަކީ މިބުނެވުނުފަދަ ކިޔަމަންގަތުމެއްގެ ސަބަބެވެ. މީގެއިތުރަށް އަނެކުންގެ މުޞީބާތްތަކުގައި އެހީތެރިވެ ދިނުމުގެ އުފައު އަމިއްލަނަފްސަށް ލިބިގަންނަކަމެކެވެ. ޒަކާތް ދިނުމަކީ ދަހިވެތިކަމާއި އަމިއްލައެދުންތައް ނެތިކޮށް އެހީތެރިކަމާއި އޯގާތެރިކަމުގެ މާތްސިފަ އިތުރުވާކަމެކެވެ. ކީރިތި ރަސޫލާގެ ބަސްފުޅެއްގައިވަނީ "އީމާންތެރިކަމާއި ދަހިވެތިކަމަކީ އެއްވަރެއްގައި މީހެއްގެ ކިބާގައި އެކުވެވޭނެ ކަމެއްނޫން ކަމުގައެވެ."
މާތް ﷲ ވަޙީ ކުރްވާފައިވެއެވެ. • ( ال عمرا ن 180 ) މާނަޢީ "އެކަލާނގެ ފަޟުލުވަންތަވެރިކަމުން ބަޔަކަށް ދެއްވާފައިވާ މުދަލުން ހޭދަކުރުމަށް ދަހިވެތިވެގަންނަ މީހުން އެކުރަނީ ރަނގަޅުކަމެއް ކަމުގައި ނުދެކޭށެވެ! އަދިކީއްހެއްޔެވެ.؟ އެއީ އެމީހުންނަށް ހުރި ނުބައެއްކަން ކަށަވަރެވެ. ފަހެ އެމީހުން އެއެއްޗަކުން ހޭދަކުރުމަށް ދަހިވެތިވި އެއްޗެއް ޤިޔާމަތް ދުވަހު އަނގުރު އަލިފާނަށްވެ އެމީހެއްގެ ކަރުގައި އޮޅާލެވޭނެއެވެ. އުޑުތަކާއި ބިމުގައި ވާހާ އެއްޗެއްމެ މިލްކުވަނީ ﷲ އަށެވެ. އަދި ތިޔަބައިމީހުން ކުރާކަންތައް މޮޅަށް ﷲ ދެނެވޮޑިގެންވެއެވެ."
ޒަކާތުގެ ބައެއް އިޖްތިމާޢީ ފާއިދާ
ޒަކާތް ދިނުމަކީ ބޮޑެތި މުޞީބާތްތަކުންނާއި އާފާތްތަކުން މުދާސަލާމަތް ވުމުގެ ސަބަބެއް ވެސްމެއެވެ. ތަނަވަސްކަމާއި ރޯދިބަރަކާތް ﷲ ދެއްވާފައިވަނީ އެކިމީހުންނަށް އެކިމިންވަރަށެވެ. މިކަމުގައިވެސް މަތިވެރިވެގެންވާ އިލާޙީ ޙިކުމަތްތަކެއް ވެއެވެ. އެކަލާނގެ މީސްތަކުންގެ މެދުގައި ރިޒުޤުބައްސަވާފައިވަނީ އެކަކުގެ އަތުގައިވާ އެއްޗަކަށް އަނެކަކު ބޭނުންވާނެ ފަދަ ގޮތަކަށެވެ. އެހެން ކަމުން އެއްބަޔަކު އަނެއްބަޔަކަށް އެހީތެރި ވުމަށް އެކަލާނގެ ވަނީ އަމުރުކުރައްވައި ގޮވާލައްވާފައެވެ.
އެކަލާނގެ ވަޙީކުރައްވައެވެ. • (النور33) "ތިޔަބައިމީހުންނަށް ﷲ ދެއްވާފައިވާ އެކަލާނގެ މުދަލުން ތިޔަބައިމީހުން އެބައިމީހުންނަށް ދޭށެވެ." (ދަރުމަ ޑިސެމްބަރ 2008) ތަނަވަސް ކަމުގެ އަހުލުވެރިން ، އެބައިމީހުންގެ މުދަލުން ޒަކާތް އަދާކުރަމުން ދާނަމަ އިސްލާމީ މުޖުތަމަޢުގައި ވަރަށް ގިނަ އިޖްތިމާޢީ މައްސަލަތައް ޙައްލުވެގެންދާނެއެވެ. ޙަސަދަވެރިކަމާއި ރުޅިވެރިކަން އެބައިމީހުންގެ މެދުން ފިލައިދާނެއެވެ. އެބައިމީހުންގެ މެދުން ފަޤީރު ކަންނެތިގޮސް މުޖުތަމަޢުގެ އެންމެހައި އަފްރާދުންނަކީ ފުދުންތެރިބަޔަކަށް ވެގެންދާނެއެވެ. ޒަކާތަކީ އިސްލާމްދީނުގެ ރުކުނެއްކަމުން ، ޒަކާތްވާޖިބުވާ ވަރުގެ ތަނަވަސްކަން ލިބިއްޖެ ކޮންމެ މީހަކު، މިވާޖިބު އަދާނުކުރާހާ ހިނދަކު އެމީހެއްގެ ދީން ފުރިހަމައެއްނުވާނެއެވެ.( ދަރުމަ ޑިސެމަބަރ 2008) ކީރިތި ޤުރުޢާނުގައި ޒަކާތާމެދު އަޅުއްވާފައިވާ ބާރަކީ އެކަކަށްވެސް ވަންހަނާވެގެންވާ ކަމެއް ނޫނެވެ. އާނއެކެވެ ! ނަމާދުކުރުމަށް ކުރައްވާފައިވާ ކޮންމެ އަމުރުފުޅަކާއި ވިދިގެން އޮންނަނީ ޒަކާތް ދިނުމަށް ކުރައްވާފައިވާ އަމުރުފުޅެވެ.
ރޯދަހިފުމަކީ ވަކިޚާއްޞަ ޝަރުތު ތަކަކާއެކު ،ވަކި ނިޔަތެއް ގަނެގެން ފަޖުރުއްޞާދިޤުގެ އަލިކަން ފައުޅުއްވިއްސުރެން އެދުވަހު އިރު އޮއްސިއްޖެއުމަށް ދާންދެން ރޯދަގެއްލައިފައިވަނިވި ކަންތައްތަކުގެ ތެރެއިން ކަމެއްނުކޮށް ހުރުމެވެ. ( ތަޢުލީމުއްދިޔާނާ 3). އެހެނިހެން އަޅުކަންތަކާ އަޅާބަލާއިރު ރޯދައަކީ ވަރަށް ތަފާތު އަޅުކަމެކެވެ. ރޯދަފިޔަވައި އެހެން ހުރިހާ އަޅުކަމެއްވެސް އަދާކުރެވެނީ ޢަމަލަކުންނެވެ. ނަމަވެސް ރޯދައަށް ހުރުމަކީ ވަކިކަންތަކެއް ނުކޮށް ދޫކޮށްލާއިގެން ހުންނަ ހުރުމެކެވެ. (ދަރުމަ ނޮވެމްބަރ 2002). ޝައްކެތްނެތް ގޮތުގައި ރޯދަހިފުމަކީ ﷲއަށް ތަޤުވާވެރި ވުމަށް މަގު ފަހިވާ ކަމެކެވެ. މިމަތިވެރި ޙިކްމަތް ބަޔާން ކުރައްވަމުން ރޯދަ ފަރުޟު ކުރެއްވިކަން އެންގެވި އާޔަތުގެ މާނާގައި ވެއެވެ."ޢޭ އީމަންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ކުރިން އިސްވެދިޔަ މީސްތަކުންގެ މައްޗަށް ރޯދަ ފަރުޟުކުރެއްވި ފަދައިން ތިޔަބައި މީހުންގެ މައްޗަށްވެސް ރޯދަ ފަރުޟު ކުރައްވައިފިއެވެ. އެއީތިޔަބައިމީހުން ތަޤުވާވެރިމުމަށްޓަކައެވެ." މި މަތިވެރި ޙިކްމަތް ޙަދީޘްގައި ބަޔާން ކުރައްވާފައިވަނީ މިފަދައިންނެވެ. "الصو م جنة" (البخا رى ومسلم)
ރޯދަ މަހުގެ މާތްކަން
ރޯދަމަހަކީ ބަރަކާތުން ފުރިގެންވާ މަހެކެވެ. އެމަސް އައުމުން ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވި ނަރަކާއިގެ ދޮރުތައް ލައްޕާލެވެއެވެ. ނަތީޖާއެއްގެ ގޮތުން ހެޔޮކަމުގެ މަގުތައް ފަހިވެގެން ދެއެވެ. ނުބައި ކަމުގެ މަގު ހަނިވެއެވެ. ރޯދަމުހުގެ މަތިވެރިކަމާއި މާތްކަން ބަޔާން ކުރައްމަވުން މާތް ނަބިއްޔާ ޙަދީސް ކުރައްވާފައިވެއެވެ." ادا جاء رمضا ن فتحت ابواب الجنة وغلقت ابواب النا ر وصفد ت الشيا طين " (البخرى و مسلم) މާނައީ " ރަމަޟާން މަސްއައުމުން ސުވަރުގޭގެ ދޮރުތައް ހުޅުވާލެވެއެވެ. އަދި ނަރަކައިގެ ދޮރުތައް ލައްޕާލެވެއެވެ. އަދި ޝައިޠާނާ ކަސްތަޅު އެޅުވި ހައްޔަރު ކުރެވެއެވެ. ރޯދަމަހުގެ މާތް ކަމުގެ ތެރޭގައި ހިމެނިގެންވާ އަނެއްކަމަކީ އެމަހުގައި ލައިލަތުލްޤަދްރި ވިލޭރޭ ލެއްވިގެންވާ ކަމެވެ. އެރެއަކީ އެރޭއަޅުކަން ކުރުމުން އެއްހާސް މަހުއަޅުކަން ކުރުމަށް ވުރެ ޘަވާބު އިތުރުވާރެއެކެވެ. (ދަރުމަ ނޮވެމަބަރ 2002)
ރޯދައިގެ ރޫވްޙާނީ އަދި އަޙްލާޤީ ފައިދާ
ރޯދައިގެ ސަބަބުން އިންސާނާގެ ކިބައިގައި ﷲއަށް ބިރުވެރިވެ ތަޤްވާވެރިވުމުގެ ސިފަ އޭގެ އެންމެ ފުރިހަމަ ގޮތުގައި އުފެދެއެވެ. ރޯދައަކީ ތިމާގެ ނަފްސް ޠާހިރުކުރުމުގައި ވަރަށް މަތިވެރި އެހީތެރިކަމެއް ލިބިދޭ އަޅުކަމެކެވެ. މީގެ އިތުރަށް ކެތްތެރިވާ ދަސްވެއެވެ. ރޯދަ ފަރުޟް ކުރެއވުމާ ބެހޭ ގޮތުން މާތްﷲ ވަޙީ ކުރައްވާފައިވެއެވެ. لعلكم تتقون(ބަޤަރާ 183) މާނައީ:ތިޔަބައި މީހުން ތަޤްވާވެރި ވުމަށެވެ. އެންމެހާ ނުބައިކަންތަކުން ރައްކާތެރިވުމަށެވެ.ރޯދައިގެ ފައިދާތަކަށް އިޝާރާތް ކުރައްވައި ކީރިތި ރަސޫލާ ހަދީޡް ކުރައްވާފައިވަނީ" الصيا م جنة " މާނައީ ރޯދައަކީ އަށްޑަނައެކެވެ. އެބަހީ ރައްކައުތެރިކޮށްދޭ ޢަމަލެކެވެ.(އަލްބުޚާރީ ވަމުސްލިމް)
ރޯދައިގެ އިޖްތިމާއީ ފައިދާ
ރޯދައިގެ އެންމެ ބޮޑު ފައިދާއަކީ ތަޤްވާވެރިކަން އަޅުގަނޑުމެންގައި އަށަގަތުމެވެ.އަދި ރޯދަ އަކީ ތަޤްވާވެރިވުމަށް އޮތް ވަޞީލަތެކެވެ.
ރަސޫލާ ޙަދީޘްކުރައްވާފައިވެއެވެ. الصيام جنة فلا يرفث ولا يجهل وانامرء قاتله او شامته فليقل انى صاءم مر تين (رواه البخا رى) މާނައީ: ރޯދަ އަކީ އައްޑަނައެކެވެ. ތިޔަބައި މީހުން ކުރެ މީހަކު ރޯދައަށް ހުރުމުގައި ފާޙިޝްކަމެއް ކޮށް، ދޮގުވާހަކަ ދައްކައި މީހުންނާ އަރާރުންވެ ނަހަދާށެވެ. އަދި ފަހަރެއްގައި އެހެންމީހަކު އަރާރުންވެ ހަޑި ހުތުރު އެއްޗެތި ކިޔަންފަށައިފިނަމަ، ތިމަންނައަކީ ރޯދަވެރިއެކޭ އޭނައަށް ދެފަހަރަށް ބުނާށެވެ.(އަލްމިންބަރު މަޖައްލާ) ރޯދަ ހިފުމުގައި އެންމެ ބޮޑު ބޭނުމަކީ އިންސާނާގެ ނަފްސް އިޞްލާޙުކުރުމެވެ. މީގެ އިތުރަށް ރޯދައަކީ ފަޤީރު ނިކަމެތިންގެ ޙާލު މުއްސަނދިންނަށް އިޙްސާސްވެ އޯގާވެރި ކަމާއި އެހީތެރިކަމުގެ ރޫވްޙު އާލާކޮށްދޭ އަޅުކަމެކެވެ.
ރޯދައިގެ ޞިއްޙީ ފައިދާ
އިސްލާމްދީނުގައި ކޮންމެ އަހަރަކު އެއްމަސް ދުވަހު ރޯދަހިފުން ވާޖިބް ކުރައްވާފައިވަނީ އޭގެ ސަބަބުން ލިބޭ އުޚްރަވީ ފައިދާތަކުގެ އިތުރަށް ޞިއްޙީ ފައިދާވެސް ލިބިގަތުމެވެ.
ކީރިތި ރަސޫލާ ޙަދީޘްކުރައްވާފައިވަނީ "صوموا تسحوا " މާނައަކީ "ތިޔަބައި މީހުން ރޯދަ ހިފާށެވެ. އޭރުން ތިޔަބައިމީހުންގެ ޞިއްޙިތު ސަލާމަތްވާނެއެވެ."(އަލްމިންބަރު މަޖައްލާ) ރޯދަ ހިފުމުން ހަށިގަނޑު ލުއިވެ، ލޮޑުކަމާއި ކަންނެތްކަން ކެނޑި، ހަށިގަނޑުގައި އިތުރުވެފައި ހުންނަ ސަރުބީ އާއި އެނޫންވެސް ބޭނުމެއްނެތް ގެއްލުންދެނިވި ބައިތައް މަދުކުރެއެވެ. ކައިބޮއި ހެދުމުގައި ހައްދު ފަހަނައަޅައި ދިއުމުން ލިބޭ ގެއްލުން ތަކުންނާއި ޖެހޭ ތަފާތު ބަލިބަލިން ރޯދަހިފުމުން ސަލާމަތްވެއެވެ. މާތްﷲގެ ޞާލިޙްއަޅަކީ، އެމަސް އަންނަ ހިނދު ތައުބާ އާއި މަޢްފިރަތަށް އެދި އިޚްލާޞްތެރި ކަމާއިއެކު، އެމަހުގެ އެންމެހައި ހެޔޮކަންތައްތައް ޙާޞިލްކުރުމަށް ދަހިވެތިކަމާއެކު އަދި އެމަހުގެ އަގުހުރި ވަގުތުތައް ފައިދާ ހުރި ގޮތުގައި ހޭދަކުރުމަށް އެދިގެން އެމަހަށް މަރްޙަބާ ކިޔާމީހާއެވެ.
ޙައްޖުވުމަކީ އިސްލާމްދީންގެ ރުކުންތަކުގެ ތެރެއިން ފަސްވަނަ ރުކުނެވެ. އެއީ ޢުމުރުން އެއްފަހަރު އަދާކުރުން ފަރުޟުވެފައިވާ އަޅުކަމެކެވެ. ޢަރަބި ބަހުގައި ޙައްޖަކީ ވަކިތަނެއް ޤަޞްދުކޮށްގެން ދިޔުމެވެ. ފިޤްހްވެރިންގެ އިސްޠިލާޙުގައި ޙައްޖަކީ ވަކިދުވަސްވަރެއްގައި ވަކިގޮތެއްގެ މަތިން އަދާކުރެވޭ އަޅުކަމެއް އަދާކުރުމަށް ކަޢުބަތުﷲ ގެފުޅުގެ އަރިހަށް ދިޔުމެވެ."އިސްލާމީ އަޅުކަމުގެ އެހެނިހެން ކަންތައްތަކާ ޚިލާފަށް ޙައްޖަކީ އެކަމުގައި ތިމާގެ މުދަލާއި ތިމާގެ ވަގުތާ އަދި ހަށިގަނޑުގެ ޢަމަލުތަކެއް އެކުލެވިފައިވާ އަޅުކަމެކެވެ".މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ.
•• •
(ال عمران 97)
މާނައީ: "އެކަމަށް މަގަށް ފެނި ކުޅަދާނަ ވެއްޖެމީހާ (އަޅުކަން ކުރުމަށްޓަކައި )އެގެފުޅަށް ޤަސްދުކޮށްގެން ދިއުމީ މާތް ﷲ އަށް ޓަކައި މީސްތަކުންގެ މައްޗަށް އޮތް ވާޖިބުކަމެކެވެ. އެކަމާމެދު އިންކާރުކޮށް ދެކޮޅުހަދައިފި މީހާ ދަންނާށެވެ! ފަހެ، ހަމަކަށަވަރުން މާތްﷲއީ އެންމެހާ ޢާލަމްތައް ފިޔަވައި ފުދިވޮޑިގެންވާ ރަސްކަލާނގެއެވެ."
ޙައްޖުގެ ބައެއް ރޫވްޙާނީ އަދި އަޚްލާޤީ ފައިދާ
ޙައްޖަކީ ﷲ އަށް ކިޔަމަންތެރިވުމުގެ މަތިވެރި ފިލާވަޅެއް ލިބިދޭ އަޅުކަމެކެވެ. ޙައްޖުގެ އަޅުކަމަށް ނިޔަތްގަނެއް احرام ބަނުމާއެކު، ތިމާ ހަނދާން ކުރަމުންދަނީ މިދުނިޔެ ދޫކޮށް ނުކުމެގެން ދާނެ ދުވަހަ މެދުގައެވެ.ތިމާ އަކީ ﷲ ގެ عد لވެރިކަމުގެ ދަރުބާރަށް ހުއްޓެންޖެހޭނެ މީހަކު ކަމެވެ. ޙައްޖަކީ ދަހިވެތިކަމާއި އަމިއްލަ އެދުމުގެ ނުބައި ބަލިތަކުން ސަލާމަތް ވުމުގެ އިތުރުށް ކަންދެއްކުމާއި ބޮޑާކަމާއި އެންމެހައިفاحش ޢަމަލުތަކުން ސަލާމަތްކޮށްދޭ އަޅުކަމެކެވެ.(އިސްލާމީ ތަރުބިއްޔަތު ގްރޭޑް 9)
މާތް ﷲ وحي ކުރައްވާފައިވެއެވެ. • • • • (اليقرة ގެ 197 ވަނަ އާޔަތް) މާނައީ: ޙައްޖަކީ ކަނޑައެޅިގެންވާ ދުވަސްވަރެއްގައި ކުރެވޭ އަޅުކަމެކެވެ. އެދުވަސްވަރު ޙައްޖުވުމަށް ނިޔަތްގަނެފި މީހަކު ޖިންސީ ގުޅުންތައް ހިންގުމާއި ،ބަދުއަޙްލާގީ ޢަމަލްތައްކޮށް އަރައިރުންވެ ހެދުމެއް ޙައްޖު ތެރޭގައި ނުވެއެވެ.
ޙައްޖުގެ ބައެއް ޢިޖްތިމާއީ ފައިދާ
"ޙައްޖުގެ އަޅުކަމުގައި ވަރަށް ގިނަ އިޖްތިމާއީ ފައިދާތަށް ހިމެނިގެންވެއެވެ. އޭގެ ތެރޭގައި މުސްލިމުންގެ ތެރޭގައި ހަމަހަމަކަން ޤާއިމްވުމާއި މޮޅާއި ދެރަ އަދި މުއްސަނދި ފަޤީރުކަމުގެ ތަފާތު ނެތިގެން ދެއެވެ. މުޖްތަމަޢުގައިވާ ފަޤީރުންގެ ޙާލު ދެކެ އެކަން އިޙްސާސް ކުރުމަށާއި އެބައިމީހުންނަށް އެހީތެރިވުމުގެ ބެނުންތެރިކަން ޙައްޖުގެ އަޅުކަމުން އުނގަންނައިދެއެވެ". (އިސްލާމީ ތަރުބިއްޔަތު ގްރޭޑް 9) ޙައްޖުގެ މަގަކަށް ކެރިކުޅަދާނަ ވެގެންވާ މުސްލިމާގެ މައްޗަށް ޢުމުރުން އެއްފަހަރު ޙައްޖު އަދާކުރުން ވާޖިބުވެގެންވެއެވެ. މާތް ﷲ وحى ކުރައްވާފައިވެއެވެ. (އާލް އިމްރާން 97) މާނައީ: "އެކަމަށް މަގެއް ފެނި ކުޅަދާނަ ވެއްޖެމީހާ އެގެފުޅަށް ގަސްތުކޮށްގެން ދިއުމީ މާތް ﷲ އަށްޓަކައި މީސްތަކުންގެ މައްޗަށް އޮތް ވާޖިބްކަމެކެވެ. އެކަމާމެދު އިންކާރުކޮށް ދެކޮޅު ހަދައިފިމީހާ ދަންނާށެވެ.ފަހެ ހަމަކަށަވަރުން މާތްﷲ އީ އެންމެހާ ޢާލަމްތައް ފިޔަވައި ފުދިވޮޑިގެންވާ ރަސްކަލާނގެއެވެ."
ކީރިތި ރަސޫލާގެ حديث އެއްގަވެއެވެ." ياايها النا س ان الله كتب عليكم الحج فحجو" މާނައީ: ހަމަކަށަވަރުން ކީރިތި ﷲ ތިޔަބައިމީހުންގެ މައްޗަށް ޙައްޖު فرض ކުރައްވައިފިއެވެ،ފަހެ ތިޔަބައި މީހުން ޙައްޖުގެ ފަރުޟު އަދާކުރާށެވެ.
ނިންމުން
އިސްލާމްދީނުގައި އަޅުކަމަކީ ހަމައެކަނި ނަމާދުކުރުމާއި ޒަކާތްދިނުމާއި ރޯދަހިފުމާއި އަދި ޙައްޖުވުމެއް ނޫނެވެ. އިސްލާމީ ޝަރީޢަތުގައި އަޅުކަމަކީ ﷲސުބުޙާނަހޫ ވަތަޢާލާ އެކަމަކަށްޓަކައި އަޅުތަކުން ޚަލްޤުކުރެއްވި ޙިކްމަތެވެ.އެހެންކަމުން އެޙިކްމަތަކަށްޓަކައި އަޅުތަކުން ޚަލްޤުކުރެއްވި ޙިކްމަތް އެއި ހަމަ ޔަޤީނުންވެސް އިންސާނުން ނަށް އެނގިފައި ހުންނަން ޖެހޭނެ ޙިކްމަތެކެވެ. އަޅުގަނޑުމެން މުސްލިމުންގެ ދިރިއުޅުން އިސްލާމީ ދިރިއުޅުމަކަށް ނުވެ މިދަނީ އަޅުކަމުގެމާނަ ޝަރުޢީގޮތުން އައިސްފައިވާ މިދެންނެވި ވާޖިބާތުތަކެއްގެ މައްޗަށް އަމާޒުކޮށްލެވުނީމައެވެ.އަޅުގަނޑުމެން މަސައްކަތް ކުރަންވީ ޞޯލިޙް، މަތިވެރި އަޚްލާގެއްގެވެރިއަކަށް ވޭތޯއެވެ.ތިމާގެ އަޚާއަށްހިނިތުންވާ، ހިތްހެޔޮ މީހަކަށް ވޭތޯއެވެ. ﷲގެ މަގުގައި ގަދައަޅާ ސާބިތުވެގެންހުރި މުސްލިމަކަށްވޭތޯއެވެ. އަދި އެފަރާތަށް ނަޞްރުދޭ މީހަކަށް ވޭތޯއެވެ.ތިމާގެ އަޚާއަށް މާފުކުރާ ޠާހިރު ހިތެއްގެވެރިއަކަށް ވޭތޯއެވެ. އޭރުން އެކަލާނގެ ރަޙްމަތް އަހަރުމެންނާ ހަމައަށް ފޯރާނެކަމީ ޝައްކެއް ހުރިކަމެއްނޫނެވެ. ކީރިތި ރަސޫލާ ޙަދީޘް ކުރައްވާފައިވެއެވެ.އެމީހެއްގެ އެންމެ ފަހު ބަހަކީلا اله الاالله ކަމުގައި ވެއްޖެމީހާ ސުވަރުގެ ވަންނަހުއްޓެވެ.ވުމާއެކު މިމަތިވެރި ނިޢުމަތް ލިބޭތޯ ރެޔާދުވާލު އަޅުގަނދުމެން މަސައްކަތް ކުރުންކީއްތޯއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑުމެންނަކީ ދީނަށް ލޯބިކުރާ، އަދި އަޅުގަނޑުމެން ކުރާކޮންމެ ކަމެއް އިޚްލާޞްތެރި ކަމާއެކުގައި ކުރާ ބަޔަކު ކަމުގައި ލައްވާށި. އަދި އަޅުގަނޑުމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ދެއްވާށި.(ا مين)

Subscribe to:
Posts (Atom)