Tuesday, September 29, 2009

އަޅުކަން

c

އަޅުކަމަކީ ކޮބާ؟
މާތްވެގެންވާ އިސްލާމް ދީނަކީ ﷲسبحانه وتعالى އެއިލާހުގެ އަޅުތަކުން އެޙިކްމަތަކަށް ޓަކައި މިބިންމަތީގައި ލެހެއްޓެވި ޙިކްމަތް އޭގެ އެންމެ ފުރިހަމަ ގޮތުގައި ފުރިހަމަ ކުރުމުގެ މަގު އެއަޅުތަކުންނަށް ފަހިކޮށް ދެއްވުމަށްޓަކައި އެކަށަ އަޅުއްވާފައިވާ ހަމަތަކާއި އުޞޫލުތަކެވެ. އެއިލާހު މިބިންމަތީގައި އެއިލާހުގެ އަޅުތަކުން އުޅުމަށްޓަކައި އެއިލާހު ރުހިވޮޑިގަންނަވާ ގޮތެވެ. އެދީނުގައި ކަނޑައެޅި ފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނޭ އެއްބަޔަކީ އަޅުކަމެކެވެ.

އަޅުކަމަކީ ﷲ سبحانه وتعالى މިވެނިކަމެއް މިވެނިގޮތަކަށް ކުރުމަށް އެންގެވި ކަންތައްތަކެވެ. އެކަމެއް އެކުރަނީ ކީއްވެގެންކަން އާންމު ގޮތެއްގައި ސިކުނޑިއަށް ނުވިސްނިވެސް ހިނގައިދާނެއެވެ. އެކަމަކު ކުރަންވެސް މަޖުބޫރެވެ. އިސްލާމްދީނުގައި އަޅުކަމާއި ދީނީ ޢަމަލުތަކާއި ތަފާތެއް ނުކުރެއެވެ. މިސާލަކަށް ނަމާދުކުރުމާއި ރޯދަހިފުމާއި ޒަކާތްދިނުމާއި ޙައްޖު ވުމެވެ. ދީނުގައި ހުއްދަ ކުރައްވާފައިވާ ކަންތައް ހެޔޮނިޔަތާއެކު ތިމާއާއި އެހެންމީހުންގެ ފައިދާއަށް ކުރާނަމަ އެކަންތައްތަކަކީ އަޅުކަމެކެވެ.

އަޅުކަމުގެ މަފްޙޫމް.
"އަޅުކަން މިބަހުގެ މާނައަށް ބަލާއިރު މިބަހުގައި ތަފާތުމާނަތައް އެކުލެވެއެވެ. އެމާނަތަކުގެ ތެރެއިން އެނެމެ ފާހަގަ ކޮށްލެވެނީ ކިޔަމަންތެރިކަން، ބޯލެނބުން އަޅުވެތިވުމެވެ. މިބަހުގެ އިސްތިލާޙީ މާނައަކީ މާތްﷲއަށް އަޅުވެތިވުމެވެ. ނުވަތަ ލޯބި ވުމާއި އަޅުވެތިވުމެވެ." (ދަރުމަ މަޖައްލާ).

އަޅުކަމަކީ އިންސާނާގެ ދުލުން ބުނެވޭ ބަސްތަކާއި ކުރާ ޢަމަލްތަކާއި އަދި ﷲ سبحانه وتعال.ގެ ރުހިވޮޑިގަތުން އެދިގެން ކުރާ ކޮންމެކަމެކެވެ. ކުރުގޮތަކަށް ބުނާނަމަ މުސްލިމް އިންސާނާގެ މުޅިޙަޔާތަކީވެސް އަޅުކަމެކެވެ. އިންސާނާ ކުރާ ކޮންމެ ކަމެއް ވަކި شر ط އެއް ހަމަވުމުން އަޅުކަމަކަށް ވެދެއެވެ. މާތް ﷲ سبحانه وتعالى وحى ކުރައްވާފައިވެއެވެ. "وما خلقت الجن والا نس الا ليعبدون." މާނައީ :" ތިމަން ﷲއަށް އަޅުކަންކުރަންމެނުވީ ޖިންނީންނާއި އިންސީން ނުހައްދަވަމެވެ." އަދިވެސް ވަޙީކުރައްވައެވެ.              
(سورة الكهف 110) މާނައީ :ވީއިރު ކަލޭމެންކުރެ ކޮންމެ މީހަކު ނަމަވެސް އެކަލާނގެ ރަސްކަން ފުޅާއި ބައްދަލު ވުމުގެ
އުންމީދުކުރަނީނަމަ ހެއު ޢަމަލު ކުރުންމަތީ ދެމި ހުންނަހުށިކަމެވެ. އަދި އެމީހަކުގެ ވެރިރަސްކަލާނގެ ރަސްކަންފުޅަށް
އަޅުކަން ކުރުމުގައި ޝަރީކު ނުކުރާހުށިކަމެވެ." މާތް ﷲ ވަޙީކުރައްވާފައިވަނީ
      (الرعد28)
މާނައީ:"ހިތްތައް ހަމަޖެހުންވަނީ ﷲ ހަނދުމަކުރުމުންނެވެ."
"މުސްލިމަކުކުރާ ކަމެއް އަޅުކަމެއްކަމުގައި ހިމެނޭނީ ތިމާގެ ދިރިއުޅުމުގެ ކޮންމެ ހިނދެއްގައާއި ކޮންމެ ކަމެއްގައި ﷲ އަށް ބިރުވެތިވެ އެކަލާނގެ ރުއްސެވުން ލިބުމާއި ރުހިވޮޑިނުގަތުމުން ސަލާމަތްވެ ރައްކައުތެރިކަންއެދިހުރެ އެކަމެއް ކުރުމުންނެވެ. ވުމާއެކު އިސްލާމީ އަޅުކަމުގެ ޙިކްމަތެއް ކަމުގައިވާނީ ﷲ އަށް ބޯލަނބައި ކިޔަމަންތެރިވުމާއި އެކަލާނގެ ނަހީކުރެއްވި ކަންތައްތަކުން ދުރުވެ ރައްކައުތެރިވުމުގެ އާދަ އެމީހެއްގެ ކި
ބައިގައި އަށަގެންނެވުމެވެ.(އިސްލާމީތަރުބިއްޔަތު ގްރޭޑް9). މާތް ﷲ ވަޙީ ކުރައްވާފައިވަނީ
    •      (السراء22)
މާނައީ؛"ތިޔަބައިމީހުން ﷲ އާއެކު އިލާހަކުނުލާށެވެ.ފަހެ،އޭރުން މަލާމާތްލިބި ނިކަމެތިވެގެންވާ ޙާލު އިންނަން ޖެހިދާނެއެވެ."
ދިރިއުޅުމުގެ ކޮންމެ ކަމެއްގައި އަޅާ ތިމާ ހެއްދެވި ފަރާތަށް ބޯލަނބައި ކިޔަމަން ގަނެ، ނަހީ ކުރެއްވި
ކަންތަކުން ދުރުވެހުރެ ﷲގެ ރުހިވޮޑިގަތުން އެދިކުރާ ކޮންމެ ކަމަކީ އަޅުކަމުގެ ތެރޭގައި ހިމެނޭ ކަންކަމެވެ. ތިމާގެ ދިރި
އުޅުމުގެ ކޮންމެ ކަމެއްގައިމެ އެއިލާހުގެ ރުއްސެވުން އެދިގެން ކުރާ ކޮންމެ ކަމެއްވާނީ އަޅުކަމަކަށެވެ.
ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲޢަލައިހި ވަސައްލަމްގެ އަރިހުން ވާރިދުވެފައިވާ ގޮތުގައި އަޅުކަން 7 ބަޔަކަށް ބެހެވިގެންވެއެވެ.އެއީ
1-ޙަލާލުކީބޯތަކެތި ހޯދުން
2-މައިންބައިންނަށް ކަމޭހިތުން
3-އަމިއްލަ ނަފްސުދެކެ ލޯބިވާފަދައިން ތިބާގެ އަޚާދެކެ ލޯބިވުން
4-ތިމާގެ ބަނޑާއި ފަރުޖު ރައްކާތެރިކުރުން.
5-ﷲމަޢުރިފާކޮށް ދަނެގަތުމާއި އެކަލާނގެއަށް މަޑުމޮޅިވުން.
6-ﷲގެ ކުޅަދުންވަންތަކަމާމެދު ވިސްނުން
7-ނިޔަތް ރަނގަޅުވުން
އިސްލާމްދީނުގައި އަޅުތަކުންނާގުޅިފައިވާ އަޅުކަންތައް ބެހިގެންވަނީ
1-ތިމާގެ ހަށިގަނޑުން ކުރެވޭ އަޅުކަންތައް
2-ތިމާގެ މުދަލުން ކުރެވޭ އަޅުކަންތައް
3-ތިމާގެ ހަށިގަނޑާއި މުދަލުން ކުރެވޭ އަޅުކަންތައް.


ﷲނޫން ފަރާތަކަށް އަޅުކަން ކުރަން ނުޖެހެނީ ކީއްވެ؟

ﷲ ސުބުޙާނަހޫ ވަތަޢާލާއީ އަހަރުމެން އުފެއްދެވި ފަރާތެވެ.އަހަރުމެންނަށް ޢިލްމުވެރިކަން ދެއްވި ފަރާތެވެ.އަހަރުމެން ދިރިއުޅުމަށް ޓަކައި ބިންފަސޭހަކޮށްދެއްވައި ނިޢުމަތްތަކުން މިބިން ފުރާލެއްވިފަރާތެވެ. ކާއިނާތުގައިވާހާ އެއްޗެއް ހައްދަވާފައި ގިނަގުނަ އަސްބާބުތައް ލެއްވި ރަސްކަލާނގެއެވެ. އެއީ އުޑުގައި ވިލާތައް ލެއްވި ފަރާތެވެ.އަދި އެއިން އެންމެހާ ތަކެއްޗަށް ދިރުންދެއްވި ރަސްކަލާނގެއެވެ.އަހަރުމެން އިންސާނުންނަށް ޞިއްޙަތާއި ޢާފިޔަތު ދެއްވައި ހިތްހަމަ ޖެހުމާއި އުފާވެރިކަންވެސް ދެއްވީ މާތްﷲ އެވެ.

އިންސާނުން ކުރާ އަޅުކަމަކުން މާތްﷲއަށް ލިބޭނެ ގެއްލުމެއްވެސް އަދި ވާނެ ފައިދާއެއްވެސް ނޯންނާނެއެވެ.އިންސާނާ އަޅުކަން ކުރަނީ ހަމައެކަނި އިންސާނާގެ ފައިދާއާއި ލާބައަށްޓަކައެވެ. އެހެނީ އެކަލާނގެއަށް އަޅުކަންކުރުމުން، ޛިކުރުކުރުމުން،ޝުކުރުކުރުމުން އޭގެ ފައިދާ ލިބޭނީ ޙުދް އެމީހަކަށްކަން ކަށަވަރެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.
     •  •                                 (سورة البقرة 25) މާނައީ : " އަދި އީމާންވެ ޞާލިޙު ޢަމަލުކުޅަ މީހުންނަށްޓަކައި ސުވަރުގެތަކެއް ހުރިކަމުގެ އުފާވެރި ޚަބަރު ކަލޭގެފާނު އެބައިމީހުންނަށް ދެއްވާށެވެ! އެސުވަރުގެ ތަކުގެ ދަށުން ފެންކޯރުތައް ހިނގަހިނގައި ހުރެއެވެ.އެސުވަރުގެ ތަކުން ރޯއްޖެއްގެ ގޮތުގައި މޭވާގެ ކޮންމެވެސް ބާވަތެއް އެބައިމީހުންނަށް ލިބޭ ކޮންމެ ފަހަރަކު އެބައިމީހުން ބުނާނެއެވެ.މިއީ ކުރިންވެސްއަހަރެނެންނަށް ލިބުނު މޭވާއެވެ.އެމީހުންނަށް އެފަދަ މޭވާ ދެއްވާހުށީ (ބޭރުފުށުން) އެއްވައްތަރުވާ ޙާލުގައެވެ.އަދި އެސުވަރުގެ ތަކުގައި އެބައިމީހުނަނަށްޓަކައި ޠާހިރުވެގެންވާ އަނބިންތަކެއް ވެއެވެ. އަދި އެބައިމީހުންނީ އެ ސުވަރުގެ ތަކުގައި ދެމިތިބޭނެ ބައެކެވެ." މިގޮތަށް އަޅުކަން ކުރުން ލައްވާފައި ނެތްނަމަ އަހަރުމެން ﷲއަށް ޝުކުރު ކުރާނެގޮތެއް ނޯންނާނެއެވެ. ރަސޫލާ صلى الله عليه وسلم حديت އެއްގައި ވެއެވެ. "الدعاء مع العبادة " މާނައީ: "އަޅުކަމުގެ ސިކުޑިއަކީ ދުޢާ ކުރުމެވެ." މި ޙަދީޘުންވެސް ސާބިތުވަނީ އަޅުކަމުގެ މުހިންމު ކަމަކީ ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ދުޢާ ކުރުމެވެ. އެހެނީ ﷲ އިންސާނާ އުފެއްދެވީ އެކަލާނގެއަށް އަޅުކަންކޮށް އެކަލާނގެ ތަޤްދީސް ކުރުމަށެވެ.

މާތް ވެގެންވާ އިސްލާމް ދީނުގައި އަޅުކަމުގެ ގޮތުގައި ޝަރުޢީ ގޮތުން އައިސްފައިވާ ވާޖިބާތުތަކަކީ

ނަމާދު.
ތަޢާރަފް:-

ނަމާދުގެ މާނައަކީ ދުޢާއެވެ. ޝަރުޢުގައި ނަމާދަކީ ތަކުބީރަކުން ފެށޭ، ތަސްލީމަކުން ނިމޭ ވަކި ޙަރަކާތެކެވެ. ނަމާދަކީ އިންސާނަކު އޭނާހެއްދެވި ﷲގެ ޙަޟްރަތަށް މުނާޖާ ދަންނަވައި ތިމާގެ ކުށްފާފަ ތަކުގެ މައްޗަށް އިޤްރާރުވެ އެކަމުން ސަލާމަތްކޮށް ދެއްވުމަށް ދަންނަވާދެންނެވުމެކެވެ. (އިސްލާމީ ތަރުބިއްޔަތު ގްރޭޑް9)
"ނަމާދަކީ ކޮންމެ ފުރާނައެއް އެކަމަށް އެދި ފެންބޮވައިގަނެ ފައިވާ ޢަމަލެކެވެ. ހެއްދެވި ފަރާތް ދެނެގަތުމަށްޓަކައި ކޮންމެ ހިތެއްގެ ރުއިމެވެ. ނަމާދަކީ .ﷲސުބުޙާނަހޫ ވަތަޢާލާ އިންސާނުންނަށް މިންވަރުކުރައްވާ ފައިވާ އަދަދު ނުކުރެވޭހާ ގިނަނިޢުމަތްތަކަށް ޝުކުރުވެރިވުމުގެ ގޮތުން ކުރެވޭ ކުޑަކުޑަ ޢަމަލެކެވެ."(ދީނުގެމަގު ވެބްސައިޓު)
ﷲސުބުޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވާފައިވެއެވެ.         (سورة البقرة 238 ) މާނައީ "ތިޔަބައިމީހުން ފަރުޟު ނަމާދަށް ރައްކާތެރިވާށެވެ.އަދި ޚާއްޞަކޮށް މެދު ނަމާދަށް(އެބަހީ ޢަޞުރުނަމާދަށް) ރައްކާތެރި ވާށެވެ.އަދިކިޔަމަންތެރިވެގެންވާ ޙާލު ތިޔަބައިމީހުން ﷲގެ ކުރިފުޅު މައްޗަށް ތެދުވާށެވެ."

ނަމާދުގެ ރޫޙާނީ އަދި އަޙްލާޤީ ފައިދާ.

ކީރިތި ރަސޫލާގެ ބަސްފުޅެއްގައިވެއެވެ. ادا قام احدكم يصلى فانه يناجى ربه މާނައީ: "މީހަކު ނަމާދަށް ހުންނައިރު އޭނާވާނީ އޭނާގެ ވެރިރަސްކަލާނގެ އަށް މުނާޖާ ދެންނެވުމުގައިއެވެ." "ރެޔާއި ދުވާލު ފަސްފަހަރު ނަމާދު ކުރާމީހަކު ކަންތައްތަކާމެދު ކަންބޮޑުވެ ފިކުރު ބޮޑުވާކަށް ނުޖެހޭނެއެވެ. ކޮންމެ ފަދަ ބޮޑު ދަތި ކަމެއް ކަމެއް ކުރިމަތިވިކަމުގައިވިއަސް ނާއުއްމީދުވުމެއްނެތި އައުހިއްވަރަކާއެކުއެކަމާ ކުރިމަތިލުމުގެ ބާރުލިބޭނެއެވެ."
(އިސްލާމީތަރުބިއްޔަތު ގްރޭޑް9)

ރެއާއި ދުވާލެއްގެ ތެރޭގައިވާ ސައުވީސް ގަޑިއިރު މިސްކިތްތަކުން ބަންގިގޮވައެވެ.ބަންގިއަށް އިޙްތިރާމާއެކުއިޖާބަދޭންޖެހެއެވެ.އެއަޑުއިވަމާއެކު މިސްކިތަށް ދާންޖެހެއެވެ.ނަމާދު އަދާކުރުމަށެވެ.މަޑުމައިތިރިކަމާއެކުގައެވެ.އިމާމުމީހާ ގަމަތް ދިނުމުން ކިޔަމަންތެރިކަމާއެކު އޭނާގެ ފަހަތުގައި އަދަބުވެރިވެ ސަފުހަދާތިބެއެވެ.އޭނާގޮވާލާ ކޮންމެ ގޮވާލުމަކަށް ޖަވާބުދޭންޖެހޭ މޭރުމުން އިޖާބްދެމުންނެވެ.އެންމެން އެކަތިގަނޑެއްހެންނެވެ.އިލާހީ حضرت ގައި އެއިލާހުގެ ހުކުމްފުޅު ތަންފީޒްކުރުމުގެ މާތް ނިޔަތުގައެވެ.މާދަމާ އެންމެ ފުރަތަމަ ޢަމަލުގެ ބައިން ސުވާލްކުރެވޭނީ މިނަމާދާމެދުކަން ހަނދާނުގައިބަހައްޓައިގެންނެވެ."އެންމެހައި ބަދުއަޚްލާޤީސިފަތަކުން ތިމާގެ ނަފްސު ޠާހިރުވެގެންމެނުވީ އެއްވެސް އިންސާނަކަށް ﷲ ރުއްސެވުމާއި އެކަލާނގެحضرت އަށް ކުއްތަންވުމުގެ نصيب حا صل އެއް ނުވާނެއެވެ. ތިމާގެ ނަފްސު އެންމެހާ ނުރަނގަޅު އާދަ ތަކުން ޠާހިރު ކުރުމަށް އޮތް އެންމެ ބޮޑު ވަޞީލަތަކީ ނަމާދުކުރުމެވެ."

ނަމާދުގެ ސަބަބުން ތިމާގެ ޟަމީރަށް ހިތްވަރު ލިބެއެވެ. ޝުޢޫރަށް ދިރުން ލިބެއެވެ. ހިތަށް ހަމަޖެހުން ލިބެއެވެ. އަދި އެންމެހާ ފާހިޝް ޢަމަލުން ސަލާމަތް ވުމުގެ އެހީ އަކަށް ވެއެވެ. މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ."        ' މާނައަކީ: ހަމަކަށަވަރުން ފާހިޝްކަންތައްތަކާއި މުންކަރާތަކަށް އަރައިގަތުމަށް ނަމާދު މަނާކުރެއެވެ. ޢަބްދުﷲބުން މަސްޢޫދު ރަޟިޔަﷲޢަންހު ވިދާޅުވިއެވެ. ތިމެންކަލޭގެފާނު ރަސޫލާ صلى الله عليه وسلم ކުރެން އެއްސެވީމެވެ."އޭ ﷲގެރަސޫލާއެވެ!އެންމެހެޔޮ ޢަމަލަކީ ކޮބައިތޯއެވެ؟" އެކަލޭގެފޢނު ޙަދީޘްކުރެއްވިއެވެ."ނަމާދު އޭގެ ވަގުތުގައި ކުރުމެވެ." ތިމެންކަލޭގެފާނު އަނެއްކާ އެއްސެވީމެވެ."ދެންކޮންކަމެއްތޯއެވެ." އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ."މައިންބަފައިންނަށް ހެޔޮކޮށް ހިތުމެވެ."ތިމަންކަލޭގެފާނު އެއްސެވީމެވެ. "ދެންކޮންކަމެއްތޯއެވެ.؟" އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. "ﷲގެ މަގުގައި ޖިހާދުކުރުމެވެ."(ޞަޙީޙުލްބުޙާރީ، ޖިލްދު4، ޙަދީޘް ނަމްބަރު 41 )

ނަމާދުގެ އިޖްތިމާޢީ ބައެއް ފައިދާ.

ނަމާދުގެ ޖަމާޢަތަށް ޙާޟިރުވެފައިވާ ވަކިވަކި ޢާއިލާތަކަށް ނިސްބަތްވާ ވަކިވަކި އަފްރާދުންނަކީ އެއްބަނޑުއެއްބަފާ ބައެއްކަން ހިތުގެ އަޑީން ޤަބޫލު ކުރެވޭނެއެވެ. އެއްބަޑުއެއްބަފާ ފަރުދުންގެ އޮންނަންވާ އެކުވެރި ކަމާއި އެއްބައިވަންތަކަމުގެ ދަރުސް ނަމާދުގެ ސަފުތަކުން ލިބިގަންނަމުންނެވެ. ނަމާދު ނިމިގެން ހައްދަވައި ގެންގުޅުއްވާ އިލާހަށް ޝުކުރު ކުރަމެވެ. އެޅިފައިވާ ކަތި ފިޔަވަޅުތައް، އެފިޔަވަޅަށް އެޅުނުކަމަށްޓަކައި ދެރަވެ އެކަމަށް މާޢާފްކޮށް ދެއްވުމަށް ﷲ ގެ حضرت ގައި ދަންނަވަމުންނެވެ. އިލާހީ ރުހި ވޮޑިގަތުމަށް އެދެމުންނެވެ. ނަމާދު ނިމުމުން އެކަކު އަނެކަކާއި ބައްދަލުކޮށް ސަލާމް ގަލާމް ކޮށް އެކަކު އަނެކެއްގެ ޙާލާއި އާޢިލާގެ ޙާލު ބެލިގެންނެވެ. އެބައިމީހުންގެ ޙާޖަތްތައް ފުއްދައި ދިނުމުގެ ހަނދާންތަކާއި ފިކުރު ޙިއްސާ ކުރެވިގެންނެވެ. އާދެ! މިކަމުގެ ސަބަބުން ހަމަކަށަވަރުން ޢާއިލީ ގުޅުންތަކާއި އިޖްތިމާޢީ ގުޅުންތައް ހީނަރުވެގެން ދިޔުމުގެ ބަދަލުގައި ދާނީ ތާޒާވެ ހެދި ބޮޑުވަމުންނެވެ. ގުޅުން ބަދަހިވެގެންނެވެ. އިގްތިމާޢީ ބާރު ގަދަވެގެންދާނެއެވެ. އިޖްތިމާޢީ ޢަދާލަތުގެ ކިއްލާ ވަރުގަދަވެގެންދާނެއެވެ.

"ނަމާދުގެ ސަބަބުން ލިބޭ ރޫޙާނީ ފައިދާތަކާއި أخلاقي ފައިދާތަކުގެ ސަބަބުން ތިމާއަކީ މުޖުތަމަޢުގައި ބޭނުންތެރި ފަރުދެއްކަމުގައި ހަދައެވެ. ހަޤީޤީ އެއްބައިވަންތަކަމުގެ ރޫޙު މީސްތަކުންގެ މެދުގައި އުފެދެއެވެ. ނަމަވެސް ދެނަގަތުން ބޭނުން މުހިއްމު ނުކުތާ އަކީ ނަމާދުގެ ސަބަބުން ލިބޭ ގިނަގުނަ ފައިދާ ތަކުގެ ތެރެއިން ކިތަންމެ ކުޑަވިއަސް މިންވަރެއް ލިބުން އޮތީ ނަމާދުކުރުމުގައި ތިމާގެ ހިތާއި ހަށިގަނޑު طاهر ކުރުވައި ނަމާދުކުރުމުން ކަމެވެ. ﷲގެ މަތިވެރިކަމާއި ތިމާގެ ނުކުޅެދުންތެރިކަން ހިތައް ގެނެސްގެން އެކަލާނގެއަށް ބިރުވެތިވެ ثواب އާއި ރަޙްމަތަށް އެދިހުރެ ނަމާދު ކުރުމުން މެނުވީ ތިމާއަށް ލިބޭނެ ކުޑަވެސް ފައިދާއެއް ނޯންނާނެއެވެ. އެހެންކަމުން ނަމާދު އޭގެ ވަގުތުގައި ޚުޝޫއަތް ތެރިކަމާއި އެކު ކުރުމަކީ މުއުމިނުންގެ ސިފައެކެވެ.
ﷲ ސުބުޙާނަހޫ ވަތަޢާލާ ވަހީކުރައްވާފައިވެއެވެ،                     (سورة الا نفال 4-3) މާނައީ "އެބައިމީހުންނަކީ ނަމާދު ޤާއިމްކޮށް އަދި ތިމަންރަސްކަލާނގެ އެބައިމީހުންނަށް ދެއްވިތަކެތިން ހޭދަކޮށް އުޅޭމީހުންނެވެ.ޙަޤީޤީ މުއުމިނުންނަކީ ހަމަ އެއީ އެވެ. އެބައިމީހުންގެ ވެރި ރައްބުގެ ޙަޟްރަތުން އެބައިމީހުންނަށް މަތިވެރިވެގެންވާ ދަރަޖައާއި ފާފަ ފުއްސެވުމާއި އަދި މާތްވެގެންވާ ރިޒްޤު(ސުވަރުގޭގައި )އެބައިމީހުންނަށް ވެއެވެ."
އަދިވެސް ވަޙީކުރައްވާފައިވެއެވެ.            •     (سورة المؤ منون9-11) މާނައީ "އަދި އެބައިމީހުންނީ އެބައިމީހުންގެ ނަމާދުތަކަށް ( ފަރުޟު ނަމާދަށް އޭގެ ވަގުތުގައި) ރައްކައުތެރިވާ މީހުންނެވެ.ޙަޤީޤީ ވާރުތަވެރިންނަކީ ފަހެ އެއީއެވެ. އެމީހުންނަކީ ފިރުދައުސްގެ (އެބަހީ އެންމެ މަތީ ސުވަރުގެތަކުގެ) ވާރުތަވެރިންނެވެ. އަދި އެބައިމީހުން އެތަނުގައި އަބަދުގެ އަބަދަށް ދެމިތިބޭ ހުއްޓެވެ."



ނަމާދުގެ ޛަރީޢާއިން ލިބޭ މުހިއްމު ބައެއް ޞިއްޙީ ފާއިދާތަކުގެ ތެރޭގައި

1- ހަށިގަނޑުގެ އެންމެހައި ގުނަވަންތަކާއި ހުޅުހުޅަށް ހަރަކާތްތެރިކަން ލިބެއެވެ. މިގޮތުން މައިކަށީގެ ހުޅުހުޅަށް ދާންދެން ނަމާދުގެ ސަބަބުން ހަރަކާތް ލިބެއެވެ.
2- ހިތަށް އިތުރު ހަރަކާތް ލިބި ލޭހިނގުން ފަސޭހަވެއެވެ.
3- ސިކުނޑީގެ ފަލަ ލޭހޮޅިތައް ހަރުވުމުން ހަރަކާތްތެރިވެއެވެ.
4- މުޅިހަށިގަނޑުގެ ލޭހިނގުމުގެ ނިޒާމް ހަމަޖެހި ނުރައްކާތެރި އެތަކެއް ބަލިތަކުން ސަލާމަތްވެއެވެ.
ނަމާދަކީ ދުވާލަކު ފަސްފަހަރު ރޫޙާނީ މަތިވެރިކަމެއް ތަޖުރިބާކުރުމަށްޓަކައި މުސްލިމުންނަށް ﷲ ތައާލާ ދެއްވާފައިވާ ހަދިޔާއެކެވެ.ނަބިއްޔާمحمد صلى الله عليه وسلم އޮޅުންފިލުއްވައިދެއްވި ގޮތުގައި " ނަމާދަކީ މިއުރާޖެކެވެ." އެހެނީ ނަމާދަކީ ކޮންމެ މުސްލިމަކަމަކަށް އޭނާގެ އިލާހާއި މުޢާމަލާތް ކުރުމަށް ލިބޭ ފުރުޞަތެކެވެ.އެކަލާނގެއީ ކޮޅެއްނެތް ރަޙު މަތުން އަހަރުމެންގެ އެންމެހައި ބޭނުންތައް ފުއްދަވައިދެއްވާ އިލާހެވެ. އަޅުގަނޑުމެންގެ ވަށައިގެންވާ ދުނިޔޭގެ ޗާލުކަމާއި ފުރިހަމަކަމަށް ނަޒަރު ހިންގަވައިލެއްވުމަށްފަހު ކަކޫމައްޗަށް ތިރިވެ އެތަކެތި އުފެއްދެވި އިލާހަށް ޝުކުރުވެރިވާށެވެ.




އަރަބިބަހުގައި (އަލްޒަކާތް) މިބަސް ވަރަށްގިނަމާނައިގައި ބޭނުންކުރެވެއެވެ.މީގެތެރޭގައި ގިނަވުން ، ބޮޑުވުން ، ތާހިރުވުން އަދި ބަރަކާތް ހާސިލްވުން ހިމެނެއެވެ.ފިގުހު އިލްމުވެރިންގެ އިސްތިލާހުގައި ޒަކާތަކީ ޚާއްޞަ ޝަރުތުތަކަކާއެކު މުއްސަނދިންގެ މުދަލުން ނަގާ ފަޤީރުންނާއި މީސްތަކުންނަށް އަދި އެނޫނަސް ޒަކާތް ލިބުން ހައްގުވެގެންވާ ފަރާތްތަކަށް ދެވޭ މުދަލެކެވެ. ޒަކާތަކީ މުސްލިމުންގެ މުދަލުގެތެރެއިން ނަގައިގެން އަދާކުރުމަށް މުސްލިމުންގެ މައްޗަށް ފަރުޟުކުރެވިގެންވާ އަޅުކަމެކެވެ.ޒަކާތަކީ އިސްލާމްކަމުގެ 3 ވަނަ ރުކުނެވެ. ޤުރުއާނާއި ސުންނަތުން އެދި ދަންނަ ބޭކަލުންގެ އިޖްމާއުންވެސް ޒަކާތަކީ ސާބިތުވެގެންވާ އަޅުކަމެކެވެ. ޒަކާތްހުރީ ދެބަޔަކަށެވެ.އެއްބަޔަކީ މުދަލާއި ގުޅިގެން ހުރި ޒަކާތެކެވެ. އަނެއް ބަޔަކީ ތިމާގެ ނަފްސުއި ގުޅިގެން ހުރި ޒަކާތެވެ.ތިމާގެނަފްސާއި ގުޅިގެންހުރި ޒަކާތަކީ ފިތުރު ޒަކާތެވެ. ޒަކާތް ފަރުޟު ކުރައްވާފައި ވަނީ ހިޖްރައިން 2 ވަނަ އަހަރު ރޯދަ ފަރުޟުކުރެއްވުމުގެ ކުރީގައެވެ.(ޒަކާތް ވިކިފީޑިއާ)


ޒަކާތުގެ ރޫވްޙާނީ އަދި އަޙުލާޤީ ފާއިދާ

ޒަކާތް ދިނުމުން މުދަލުގައިވާ ފަޤީރުންގެ ޙައްގުތައް ނެރެވި މުދައު ޠާހިރުވެއެވެ. އޭގެ ސަބަބުން މުދަލުގައި ބަރަކާތް ލައްވައި މުދައު ގިނަވެ، އިތުރުވެއެވެ. މިސަބަބާކާ ހުރެ ޒަކާތުގެ ފައިދާތައް ގިނަވެއެވެ. (އިސްލާމީތަރުބިއްޔަތު ގްރޭޑް 9) އިސްލާމީ އެހެނިހެން އަޅުކަމެކޭ އެއްފަދައިން ޒަކާތުގައިވެސް ލައްވާފައިވާ އެންމެ ބޮޑު ރޫވްޙާނީ ފައިދާއަކީ ﷲއަށް ކިޔަމަންތެރިވުމެވެ. ތިބާއެއެއްޗަކަށް ނުހަނު ލޯބިކުރާ މުދައު ﷲގެ އަމުރުފުޅަށް ކިޔަމަންވެ، ހޭދަކުރުމަކީ މިބުނެވުނުފަދަ ކިޔަމަންގަތުމެއްގެ ސަބަބެވެ. މީގެއިތުރަށް އަނެކުންގެ މުޞީބާތްތަކުގައި އެހީތެރިވެ ދިނުމުގެ އުފައު އަމިއްލަނަފްސަށް ލިބިގަންނަކަމެކެވެ. ޒަކާތް ދިނުމަކީ ދަހިވެތިކަމާއި އަމިއްލައެދުންތައް ނެތިކޮށް އެހީތެރިކަމާއި އޯގާތެރިކަމުގެ މާތްސިފަ އިތުރުވާކަމެކެވެ. ކީރިތި ރަސޫލާގެ ބަސްފުޅެއްގައިވަނީ "އީމާންތެރިކަމާއި ދަހިވެތިކަމަކީ އެއްވަރެއްގައި މީހެއްގެ ކިބާގައި އެކުވެވޭނެ ކަމެއްނޫން ކަމުގައެވެ."
މާތް ﷲ ވަޙީ ކުރްވާފައިވެއެވެ. •                                  ( ال عمرا ن 180 ) މާނަޢީ "އެކަލާނގެ ފަޟުލުވަންތަވެރިކަމުން ބަޔަކަށް ދެއްވާފައިވާ މުދަލުން ހޭދަކުރުމަށް ދަހިވެތިވެގަންނަ މީހުން އެކުރަނީ ރަނގަޅުކަމެއް ކަމުގައި ނުދެކޭށެވެ! އަދިކީއްހެއްޔެވެ.؟ އެއީ އެމީހުންނަށް ހުރި ނުބައެއްކަން ކަށަވަރެވެ. ފަހެ އެމީހުން އެއެއްޗަކުން ހޭދަކުރުމަށް ދަހިވެތިވި އެއްޗެއް ޤިޔާމަތް ދުވަހު އަނގުރު އަލިފާނަށްވެ އެމީހެއްގެ ކަރުގައި އޮޅާލެވޭނެއެވެ. އުޑުތަކާއި ބިމުގައި ވާހާ އެއްޗެއްމެ މިލްކުވަނީ ﷲ އަށެވެ. އަދި ތިޔަބައިމީހުން ކުރާކަންތައް މޮޅަށް ﷲ ދެނެވޮޑިގެންވެއެވެ."


ޒަކާތުގެ ބައެއް އިޖްތިމާޢީ ފާއިދާ

ޒަކާތް ދިނުމަކީ ބޮޑެތި މުޞީބާތްތަކުންނާއި އާފާތްތަކުން މުދާސަލާމަތް ވުމުގެ ސަބަބެއް ވެސްމެއެވެ. ތަނަވަސްކަމާއި ރޯދިބަރަކާތް ﷲ ދެއްވާފައިވަނީ އެކިމީހުންނަށް އެކިމިންވަރަށެވެ. މިކަމުގައިވެސް މަތިވެރިވެގެންވާ އިލާޙީ ޙިކުމަތްތަކެއް ވެއެވެ. އެކަލާނގެ މީސްތަކުންގެ މެދުގައި ރިޒުޤުބައްސަވާފައިވަނީ އެކަކުގެ އަތުގައިވާ އެއްޗަކަށް އަނެކަކު ބޭނުންވާނެ ފަދަ ގޮތަކަށެވެ. އެހެން ކަމުން އެއްބަޔަކު އަނެއްބަޔަކަށް އެހީތެރި ވުމަށް އެކަލާނގެ ވަނީ އަމުރުކުރައްވައި ގޮވާލައްވާފައެވެ.
އެކަލާނގެ ވަޙީކުރައްވައެވެ.  •     (النور33) "ތިޔަބައިމީހުންނަށް ﷲ ދެއްވާފައިވާ އެކަލާނގެ މުދަލުން ތިޔަބައިމީހުން އެބައިމީހުންނަށް ދޭށެވެ." (ދަރުމަ ޑިސެމްބަރ 2008) ތަނަވަސް ކަމުގެ އަހުލުވެރިން ، އެބައިމީހުންގެ މުދަލުން ޒަކާތް އަދާކުރަމުން ދާނަމަ އިސްލާމީ މުޖުތަމަޢުގައި ވަރަށް ގިނަ އިޖްތިމާޢީ މައްސަލަތައް ޙައްލުވެގެންދާނެއެވެ. ޙަސަދަވެރިކަމާއި ރުޅިވެރިކަން އެބައިމީހުންގެ މެދުން ފިލައިދާނެއެވެ. އެބައިމީހުންގެ މެދުން ފަޤީރު ކަންނެތިގޮސް މުޖުތަމަޢުގެ އެންމެހައި އަފްރާދުންނަކީ ފުދުންތެރިބަޔަކަށް ވެގެންދާނެއެވެ. ޒަކާތަކީ އިސްލާމްދީނުގެ ރުކުނެއްކަމުން ، ޒަކާތްވާޖިބުވާ ވަރުގެ ތަނަވަސްކަން ލިބިއްޖެ ކޮންމެ މީހަކު، މިވާޖިބު އަދާނުކުރާހާ ހިނދަކު އެމީހެއްގެ ދީން ފުރިހަމައެއްނުވާނެއެވެ.( ދަރުމަ ޑިސެމަބަރ 2008) ކީރިތި ޤުރުޢާނުގައި ޒަކާތާމެދު އަޅުއްވާފައިވާ ބާރަކީ އެކަކަށްވެސް ވަންހަނާވެގެންވާ ކަމެއް ނޫނެވެ. އާނއެކެވެ ! ނަމާދުކުރުމަށް ކުރައްވާފައިވާ ކޮންމެ އަމުރުފުޅަކާއި ވިދިގެން އޮންނަނީ ޒަކާތް ދިނުމަށް ކުރައްވާފައިވާ އަމުރުފުޅެވެ.



ރޯދަހިފުމަކީ ވަކިޚާއްޞަ ޝަރުތު ތަކަކާއެކު ،ވަކި ނިޔަތެއް ގަނެގެން ފަޖުރުއްޞާދިޤުގެ އަލިކަން ފައުޅުއްވިއްސުރެން އެދުވަހު އިރު އޮއްސިއްޖެއުމަށް ދާންދެން ރޯދަގެއްލައިފައިވަނިވި ކަންތައްތަކުގެ ތެރެއިން ކަމެއްނުކޮށް ހުރުމެވެ. ( ތަޢުލީމުއްދިޔާނާ 3). އެހެނިހެން އަޅުކަންތަކާ އަޅާބަލާއިރު ރޯދައަކީ ވަރަށް ތަފާތު އަޅުކަމެކެވެ. ރޯދަފިޔަވައި އެހެން ހުރިހާ އަޅުކަމެއްވެސް އަދާކުރެވެނީ ޢަމަލަކުންނެވެ. ނަމަވެސް ރޯދައަށް ހުރުމަކީ ވަކިކަންތަކެއް ނުކޮށް ދޫކޮށްލާއިގެން ހުންނަ ހުރުމެކެވެ. (ދަރުމަ ނޮވެމްބަރ 2002). ޝައްކެތްނެތް ގޮތުގައި ރޯދަހިފުމަކީ ﷲއަށް ތަޤުވާވެރި ވުމަށް މަގު ފަހިވާ ކަމެކެވެ. މިމަތިވެރި ޙިކްމަތް ބަޔާން ކުރައްވަމުން ރޯދަ ފަރުޟު ކުރެއްވިކަން އެންގެވި އާޔަތުގެ މާނާގައި ވެއެވެ."ޢޭ އީމަންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ކުރިން އިސްވެދިޔަ މީސްތަކުންގެ މައްޗަށް ރޯދަ ފަރުޟުކުރެއްވި ފަދައިން ތިޔަބައި މީހުންގެ މައްޗަށްވެސް ރޯދަ ފަރުޟު ކުރައްވައިފިއެވެ. އެއީތިޔަބައިމީހުން ތަޤުވާވެރިމުމަށްޓަކައެވެ." މި މަތިވެރި ޙިކްމަތް ޙަދީޘްގައި ބަޔާން ކުރައްވާފައިވަނީ މިފަދައިންނެވެ. "الصو م جنة" (البخا رى ومسلم)

ރޯދަ މަހުގެ މާތްކަން

ރޯދަމަހަކީ ބަރަކާތުން ފުރިގެންވާ މަހެކެވެ. އެމަސް އައުމުން ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވި ނަރަކާއިގެ ދޮރުތައް ލައްޕާލެވެއެވެ. ނަތީޖާއެއްގެ ގޮތުން ހެޔޮކަމުގެ މަގުތައް ފަހިވެގެން ދެއެވެ. ނުބައި ކަމުގެ މަގު ހަނިވެއެވެ. ރޯދަމުހުގެ މަތިވެރިކަމާއި މާތްކަން ބަޔާން ކުރައްމަވުން މާތް ނަބިއްޔާ ޙަދީސް ކުރައްވާފައިވެއެވެ." ادا جاء رمضا ن فتحت ابواب الجنة وغلقت ابواب النا ر وصفد ت الشيا طين " (البخرى و مسلم) މާނައީ " ރަމަޟާން މަސްއައުމުން ސުވަރުގޭގެ ދޮރުތައް ހުޅުވާލެވެއެވެ. އަދި ނަރަކައިގެ ދޮރުތައް ލައްޕާލެވެއެވެ. އަދި ޝައިޠާނާ ކަސްތަޅު އެޅުވި ހައްޔަރު ކުރެވެއެވެ. ރޯދަމަހުގެ މާތް ކަމުގެ ތެރޭގައި ހިމެނިގެންވާ އަނެއްކަމަކީ އެމަހުގައި ލައިލަތުލްޤަދްރި ވިލޭރޭ ލެއްވިގެންވާ ކަމެވެ. އެރެއަކީ އެރޭއަޅުކަން ކުރުމުން އެއްހާސް މަހުއަޅުކަން ކުރުމަށް ވުރެ ޘަވާބު އިތުރުވާރެއެކެވެ. (ދަރުމަ ނޮވެމަބަރ 2002)

ރޯދައިގެ ރޫވްޙާނީ އަދި އަޙްލާޤީ ފައިދާ

ރޯދައިގެ ސަބަބުން އިންސާނާގެ ކިބައިގައި ﷲއަށް ބިރުވެރިވެ ތަޤްވާވެރިވުމުގެ ސިފަ އޭގެ އެންމެ ފުރިހަމަ ގޮތުގައި އުފެދެއެވެ. ރޯދައަކީ ތިމާގެ ނަފްސް ޠާހިރުކުރުމުގައި ވަރަށް މަތިވެރި އެހީތެރިކަމެއް ލިބިދޭ އަޅުކަމެކެވެ. މީގެ އިތުރަށް ކެތްތެރިވާ ދަސްވެއެވެ. ރޯދަ ފަރުޟް ކުރެއވުމާ ބެހޭ ގޮތުން މާތްﷲ ވަޙީ ކުރައްވާފައިވެއެވެ. لعلكم تتقون(ބަޤަރާ 183) މާނައީ:ތިޔަބައި މީހުން ތަޤްވާވެރި ވުމަށެވެ. އެންމެހާ ނުބައިކަންތަކުން ރައްކާތެރިވުމަށެވެ.ރޯދައިގެ ފައިދާތަކަށް އިޝާރާތް ކުރައްވައި ކީރިތި ރަސޫލާ ހަދީޡް ކުރައްވާފައިވަނީ" الصيا م جنة " މާނައީ ރޯދައަކީ އަށްޑަނައެކެވެ. އެބަހީ ރައްކައުތެރިކޮށްދޭ ޢަމަލެކެވެ.(އަލްބުޚާރީ ވަމުސްލިމް)

ރޯދައިގެ އިޖްތިމާއީ ފައިދާ

ރޯދައިގެ އެންމެ ބޮޑު ފައިދާއަކީ ތަޤްވާވެރިކަން އަޅުގަނޑުމެންގައި އަށަގަތުމެވެ.އަދި ރޯދަ އަކީ ތަޤްވާވެރިވުމަށް އޮތް ވަޞީލަތެކެވެ.
ރަސޫލާ ޙަދީޘްކުރައްވާފައިވެއެވެ. الصيام جنة فلا يرفث ولا يجهل وانامرء قاتله او شامته فليقل انى صاءم مر تين (رواه البخا رى) މާނައީ: ރޯދަ އަކީ އައްޑަނައެކެވެ. ތިޔަބައި މީހުން ކުރެ މީހަކު ރޯދައަށް ހުރުމުގައި ފާޙިޝްކަމެއް ކޮށް، ދޮގުވާހަކަ ދައްކައި މީހުންނާ އަރާރުންވެ ނަހަދާށެވެ. އަދި ފަހަރެއްގައި އެހެންމީހަކު އަރާރުންވެ ހަޑި ހުތުރު އެއްޗެތި ކިޔަންފަށައިފިނަމަ، ތިމަންނައަކީ ރޯދަވެރިއެކޭ އޭނައަށް ދެފަހަރަށް ބުނާށެވެ.(އަލްމިންބަރު މަޖައްލާ) ރޯދަ ހިފުމުގައި އެންމެ ބޮޑު ބޭނުމަކީ އިންސާނާގެ ނަފްސް އިޞްލާޙުކުރުމެވެ. މީގެ އިތުރަށް ރޯދައަކީ ފަޤީރު ނިކަމެތިންގެ ޙާލު މުއްސަނދިންނަށް އިޙްސާސްވެ އޯގާވެރި ކަމާއި އެހީތެރިކަމުގެ ރޫވްޙު އާލާކޮށްދޭ އަޅުކަމެކެވެ.

ރޯދައިގެ ޞިއްޙީ ފައިދާ

އިސްލާމްދީނުގައި ކޮންމެ އަހަރަކު އެއްމަސް ދުވަހު ރޯދަހިފުން ވާޖިބް ކުރައްވާފައިވަނީ އޭގެ ސަބަބުން ލިބޭ އުޚްރަވީ ފައިދާތަކުގެ އިތުރަށް ޞިއްޙީ ފައިދާވެސް ލިބިގަތުމެވެ.
ކީރިތި ރަސޫލާ ޙަދީޘްކުރައްވާފައިވަނީ "صوموا تسحوا " މާނައަކީ "ތިޔަބައި މީހުން ރޯދަ ހިފާށެވެ. އޭރުން ތިޔަބައިމީހުންގެ ޞިއްޙިތު ސަލާމަތްވާނެއެވެ."(އަލްމިންބަރު މަޖައްލާ) ރޯދަ ހިފުމުން ހަށިގަނޑު ލުއިވެ، ލޮޑުކަމާއި ކަންނެތްކަން ކެނޑި، ހަށިގަނޑުގައި އިތުރުވެފައި ހުންނަ ސަރުބީ އާއި އެނޫންވެސް ބޭނުމެއްނެތް ގެއްލުންދެނިވި ބައިތައް މަދުކުރެއެވެ. ކައިބޮއި ހެދުމުގައި ހައްދު ފަހަނައަޅައި ދިއުމުން ލިބޭ ގެއްލުން ތަކުންނާއި ޖެހޭ ތަފާތު ބަލިބަލިން ރޯދަހިފުމުން ސަލާމަތްވެއެވެ. މާތްﷲގެ ޞާލިޙްއަޅަކީ، އެމަސް އަންނަ ހިނދު ތައުބާ އާއި މަޢްފިރަތަށް އެދި އިޚްލާޞްތެރި ކަމާއިއެކު، އެމަހުގެ އެންމެހައި ހެޔޮކަންތައްތައް ޙާޞިލްކުރުމަށް ދަހިވެތިކަމާއެކު އަދި އެމަހުގެ އަގުހުރި ވަގުތުތައް ފައިދާ ހުރި ގޮތުގައި ހޭދަކުރުމަށް އެދިގެން އެމަހަށް މަރްޙަބާ ކިޔާމީހާއެވެ.





ޙައްޖުވުމަކީ އިސްލާމްދީންގެ ރުކުންތަކުގެ ތެރެއިން ފަސްވަނަ ރުކުނެވެ. އެއީ ޢުމުރުން އެއްފަހަރު އަދާކުރުން ފަރުޟުވެފައިވާ އަޅުކަމެކެވެ. ޢަރަބި ބަހުގައި ޙައްޖަކީ ވަކިތަނެއް ޤަޞްދުކޮށްގެން ދިޔުމެވެ. ފިޤްހްވެރިންގެ އިސްޠިލާޙުގައި ޙައްޖަކީ ވަކިދުވަސްވަރެއްގައި ވަކިގޮތެއްގެ މަތިން އަދާކުރެވޭ އަޅުކަމެއް އަދާކުރުމަށް ކަޢުބަތުﷲ ގެފުޅުގެ އަރިހަށް ދިޔުމެވެ."އިސްލާމީ އަޅުކަމުގެ އެހެނިހެން ކަންތައްތަކާ ޚިލާފަށް ޙައްޖަކީ އެކަމުގައި ތިމާގެ މުދަލާއި ތިމާގެ ވަގުތާ އަދި ހަށިގަނޑުގެ ޢަމަލުތަކެއް އެކުލެވިފައިވާ އަޅުކަމެކެވެ".މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ.
   ••          •     
(ال عمران 97)

މާނައީ: "އެކަމަށް މަގަށް ފެނި ކުޅަދާނަ ވެއްޖެމީހާ (އަޅުކަން ކުރުމަށްޓަކައި )އެގެފުޅަށް ޤަސްދުކޮށްގެން ދިއުމީ މާތް ﷲ އަށް ޓަކައި މީސްތަކުންގެ މައްޗަށް އޮތް ވާޖިބުކަމެކެވެ. އެކަމާމެދު އިންކާރުކޮށް ދެކޮޅުހަދައިފި މީހާ ދަންނާށެވެ! ފަހެ، ހަމަކަށަވަރުން މާތްﷲއީ އެންމެހާ ޢާލަމްތައް ފިޔަވައި ފުދިވޮޑިގެންވާ ރަސްކަލާނގެއެވެ."

ޙައްޖުގެ ބައެއް ރޫވްޙާނީ އަދި އަޚްލާޤީ ފައިދާ

ޙައްޖަކީ ﷲ އަށް ކިޔަމަންތެރިވުމުގެ މަތިވެރި ފިލާވަޅެއް ލިބިދޭ އަޅުކަމެކެވެ. ޙައްޖުގެ އަޅުކަމަށް ނިޔަތްގަނެއް احرام ބަނުމާއެކު، ތިމާ ހަނދާން ކުރަމުންދަނީ މިދުނިޔެ ދޫކޮށް ނުކުމެގެން ދާނެ ދުވަހަ މެދުގައެވެ.ތިމާ އަކީ ﷲ ގެ عد لވެރިކަމުގެ ދަރުބާރަށް ހުއްޓެންޖެހޭނެ މީހަކު ކަމެވެ. ޙައްޖަކީ ދަހިވެތިކަމާއި އަމިއްލަ އެދުމުގެ ނުބައި ބަލިތަކުން ސަލާމަތް ވުމުގެ އިތުރުށް ކަންދެއްކުމާއި ބޮޑާކަމާއި އެންމެހައިفاحش ޢަމަލުތަކުން ސަލާމަތްކޮށްދޭ އަޅުކަމެކެވެ.(އިސްލާމީ ތަރުބިއްޔަތު ގްރޭޑް 9)
މާތް ﷲ وحي ކުރައްވާފައިވެއެވެ.  •                      •   •   •    (اليقرة ގެ 197 ވަނަ އާޔަތް) މާނައީ: ޙައްޖަކީ ކަނޑައެޅިގެންވާ ދުވަސްވަރެއްގައި ކުރެވޭ އަޅުކަމެކެވެ. އެދުވަސްވަރު ޙައްޖުވުމަށް ނިޔަތްގަނެފި މީހަކު ޖިންސީ ގުޅުންތައް ހިންގުމާއި ،ބަދުއަޙްލާގީ ޢަމަލްތައްކޮށް އަރައިރުންވެ ހެދުމެއް ޙައްޖު ތެރޭގައި ނުވެއެވެ.


ޙައްޖުގެ ބައެއް ޢިޖްތިމާއީ ފައިދާ

"ޙައްޖުގެ އަޅުކަމުގައި ވަރަށް ގިނަ އިޖްތިމާއީ ފައިދާތަށް ހިމެނިގެންވެއެވެ. އޭގެ ތެރޭގައި މުސްލިމުންގެ ތެރޭގައި ހަމަހަމަކަން ޤާއިމްވުމާއި މޮޅާއި ދެރަ އަދި މުއްސަނދި ފަޤީރުކަމުގެ ތަފާތު ނެތިގެން ދެއެވެ. މުޖްތަމަޢުގައިވާ ފަޤީރުންގެ ޙާލު ދެކެ އެކަން އިޙްސާސް ކުރުމަށާއި އެބައިމީހުންނަށް އެހީތެރިވުމުގެ ބެނުންތެރިކަން ޙައްޖުގެ އަޅުކަމުން އުނގަންނައިދެއެވެ". (އިސްލާމީ ތަރުބިއްޔަތު ގްރޭޑް 9) ޙައްޖުގެ މަގަކަށް ކެރިކުޅަދާނަ ވެގެންވާ މުސްލިމާގެ މައްޗަށް ޢުމުރުން އެއްފަހަރު ޙައްޖު އަދާކުރުން ވާޖިބުވެގެންވެއެވެ. މާތް ﷲ وحى ކުރައްވާފައިވެއެވެ. (އާލް އިމްރާން 97) މާނައީ: "އެކަމަށް މަގެއް ފެނި ކުޅަދާނަ ވެއްޖެމީހާ އެގެފުޅަށް ގަސްތުކޮށްގެން ދިއުމީ މާތް ﷲ އަށްޓަކައި މީސްތަކުންގެ މައްޗަށް އޮތް ވާޖިބްކަމެކެވެ. އެކަމާމެދު އިންކާރުކޮށް ދެކޮޅު ހަދައިފިމީހާ ދަންނާށެވެ.ފަހެ ހަމަކަށަވަރުން މާތްﷲ އީ އެންމެހާ ޢާލަމްތައް ފިޔަވައި ފުދިވޮޑިގެންވާ ރަސްކަލާނގެއެވެ."
ކީރިތި ރަސޫލާގެ حديث އެއްގަވެއެވެ." ياايها النا س ان الله كتب عليكم الحج فحجو" މާނައީ: ހަމަކަށަވަރުން ކީރިތި ﷲ ތިޔަބައިމީހުންގެ މައްޗަށް ޙައްޖު فرض ކުރައްވައިފިއެވެ،ފަހެ ތިޔަބައި މީހުން ޙައްޖުގެ ފަރުޟު އަދާކުރާށެވެ.






ނިންމުން
އިސްލާމްދީނުގައި އަޅުކަމަކީ ހަމައެކަނި ނަމާދުކުރުމާއި ޒަކާތްދިނުމާއި ރޯދަހިފުމާއި އަދި ޙައްޖުވުމެއް ނޫނެވެ. އިސްލާމީ ޝަރީޢަތުގައި އަޅުކަމަކީ ﷲސުބުޙާނަހޫ ވަތަޢާލާ އެކަމަކަށްޓަކައި އަޅުތަކުން ޚަލްޤުކުރެއްވި ޙިކްމަތެވެ.އެހެންކަމުން އެޙިކްމަތަކަށްޓަކައި އަޅުތަކުން ޚަލްޤުކުރެއްވި ޙިކްމަތް އެއި ހަމަ ޔަޤީނުންވެސް އިންސާނުން ނަށް އެނގިފައި ހުންނަން ޖެހޭނެ ޙިކްމަތެކެވެ. އަޅުގަނޑުމެން މުސްލިމުންގެ ދިރިއުޅުން އިސްލާމީ ދިރިއުޅުމަކަށް ނުވެ މިދަނީ އަޅުކަމުގެމާނަ ޝަރުޢީގޮތުން އައިސްފައިވާ މިދެންނެވި ވާޖިބާތުތަކެއްގެ މައްޗަށް އަމާޒުކޮށްލެވުނީމައެވެ.އަޅުގަނޑުމެން މަސައްކަތް ކުރަންވީ ޞޯލިޙް، މަތިވެރި އަޚްލާގެއްގެވެރިއަކަށް ވޭތޯއެވެ.ތިމާގެ އަޚާއަށްހިނިތުންވާ، ހިތްހެޔޮ މީހަކަށް ވޭތޯއެވެ. ﷲގެ މަގުގައި ގަދައަޅާ ސާބިތުވެގެންހުރި މުސްލިމަކަށްވޭތޯއެވެ. އަދި އެފަރާތަށް ނަޞްރުދޭ މީހަކަށް ވޭތޯއެވެ.ތިމާގެ އަޚާއަށް މާފުކުރާ ޠާހިރު ހިތެއްގެވެރިއަކަށް ވޭތޯއެވެ. އޭރުން އެކަލާނގެ ރަޙްމަތް އަހަރުމެންނާ ހަމައަށް ފޯރާނެކަމީ ޝައްކެއް ހުރިކަމެއްނޫނެވެ. ކީރިތި ރަސޫލާ ޙަދީޘް ކުރައްވާފައިވެއެވެ.އެމީހެއްގެ އެންމެ ފަހު ބަހަކީلا اله الاالله ކަމުގައި ވެއްޖެމީހާ ސުވަރުގެ ވަންނަހުއްޓެވެ.ވުމާއެކު މިމަތިވެރި ނިޢުމަތް ލިބޭތޯ ރެޔާދުވާލު އަޅުގަނދުމެން މަސައްކަތް ކުރުންކީއްތޯއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑުމެންނަކީ ދީނަށް ލޯބިކުރާ، އަދި އަޅުގަނޑުމެން ކުރާކޮންމެ ކަމެއް އިޚްލާޞްތެރި ކަމާއެކުގައި ކުރާ ބަޔަކު ކަމުގައި ލައްވާށި. އަދި އަޅުގަނޑުމެންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ދެއްވާށި.(ا مين)

No comments:

Post a Comment